މަޖިލީހުގެ ދައުރު ޑިސެމްބަރު 15 އަށް ދަންމާލައިފި
25 ނޮވެމްބަރު 2026 - 12:30

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ނިންމަންޖެހޭ މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމާ ގުޅިގެން، މި ހިނގާ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން މި އަހަރުގެ ފަހު ދައުރު ކުރިއަށްދާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ ގިނަ އަދަދެއްގެ މުހިންމު ކަންކަން އަދިވެސް ހުރުމުން، ދައުރުގެ މުއްދަތު އިތުރުކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއާއެކު ދައުރު ދަންމާލުމާ މެދު ގޮތެެއް ނިންމުމަށް ޖަލްސާގެ ވޯޓު ގަޑީގައި ވޯޓު ނެގިއިރު، 43 މެންބަރުންގެ ވޯޓުން މަޖިލީސްގެ މި ހިނގާ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން ވަނީ ފާސްކޮށްފަ އެވެ.
އެ ހުށަހެޅުމާ ދެކޮޅަށް 11 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

-01.jpg&w=3840&q=75)
