logo
MPL

MPL

ޚަބަރު

މާލޭގެ ވަގުތީ މިސްކިތްތައް ދާއިމީކުރުމާއި, ގިނަ މިސްކިތްތަކަކާއި 11 އިސްލާމީ މަރުކަޒެއްގެ މަސައްކަތް ބާރަށް ކުރިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ނޮވެމްބަރު 2026 - 14:36
މާލޭގެ ވަގުތީ މިސްކިތްތައް ދާއިމީކުރުމާއި,  ގިނަ މިސްކިތްތަކަކާއި 11 އިސްލާމީ މަރުކަޒެއްގެ މަސައްކަތް ބާރަށް ކުރިއަށް

އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިސްލާމީ ދާއިރާއިން މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިއްސާކުރެއްވުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 140 އަށް ވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާ ވަޤުފު އިމާރާތްތަކާއި، މިސްކިތްތައް ބިނާކުރުމުގެ މަސައްކަތުގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ތަރައްޤީކުރުން ހިމެނެއެވެ. އެގޮތުން މިހާރުވެސް ހަތް ވަޤުފު އިމާރާތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެ މަސައްކަތްތައް ނިމުމުން އިސްލާމީ ދާއިރާއަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައްޔިތުން އެދޭ ކޮންމެ ރަށެއްގައި ޒަމާނީ މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ ދީލަތި އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 11 އިސްލާމީ މަރުކަޒެއްގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މިސްކިތްތައް ހުޅުވޭނެ ކަމަށާއި، މިދިޔަ އަހަރުގެ ރަމަޟާންމަހެކޭ އެއްފަދައިން ކުރިއަށް އޮތް ރަމަޟާންމަހަށްވެސް 14 ވަރަކަށް މިސްކިތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މާލެ ސަރަޙައްދުގައި ހުރި ވަގުތީ މިސްކިތްތައް ދާއިމީކޮށް، އައު މިސްކިތްތައް ބިނާކުރުމަށް އެހީ ލިބިފައިވާތީ އެ މަސައްކަތްތަކަށްވެސް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓްރީގެ މާލީ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވުޒާރާގެ ދަށުގައިވާ ފަންޑުތައް އިތުރަށް ތަރައްޤީކުރެވި، ދެ އަހަރު ފަހުން މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެނިހެން ހުރިހާ ޚަރަދެއް އެ ފަންޑުތަކުން ހަމަޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޒަކާތުގެ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތައް ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަކީ އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކި މުއްދަތު ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެކަނިވެސް 115 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ވަގުތީ މިސްކިތްތައް ދާއިމީކުރުމާއި, ގިނަ މިސްކިތްތަކަކާއި 11 އިސްލާމީ މަރުކަޒެއްގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 18 މިނިޓު ކުރިންހުޅުދުއްފާރާއި މަގޫދޫގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހުޅުވައި ޚިދުމަތް ފުޅާކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންއެންމެ ބޮޑު މިސްކިތާއި ވަޤުފު އިންވެސްޓްމަންޓްތައް: ދީނީ ކަންކަމަށް ތާރީޚީ ބޮޑު އިންގިލާބެއް!ރިޕޯޓް | 5 ދުވަސް ކުރިން15 ބުރީގެ 'ދާރުއްނޫރު' ވަޤްފު އިމާރާތް: އިސްލާމީ ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް!ޚަބަރު | 8 ދުވަސް ކުރިން