logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ޤައުމަކަށް ސަފީރުން ޢައްޔަންކުރައްވައިފި

އަޙްމަދު ޒަލީފް
30 އޮކްޓޯބަރު 2024 - 09:38
ދެ ޤައުމަކަށް ސަފީރުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން އިންޑިއާއާއި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަންކުރެއްވީ މާފަންނު ބީނާފުށި، އާއިޝަތު ޢަޒީމާއެވެ.

އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަޙްމަދު ސަރީރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަޢުދީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވި ސަރީރު، އެމަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓްލާޖުގެ މަޤާމުގައެވެ.

ސަރީރު ވަނީ ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަޤާމާއި، އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމުގެ އިތުރުން އޯގަނައިޒޭޝަން އިފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓަރ އޮފް އޭޝިއަން އެފެއަރސްގެ މަޤާމުވެސް ފުރުއްވާފައެވެ.

އިންޑިޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވި ޢަޒީމާ، އެމަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީ ސަރުކާރުން ރާއްޖެއަށް އައު ސަފީރެއް އައްޔަންކުރައްވައިފިޚަބަރު | 4 މަސް ކުރިންއީޔޫއަށް ކަނޑައެޅުއްވި ސަފީރު ގީލާގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފިޚަބަރު | 6 މަސް ކުރިންދެ ޤައުމަކަަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފިޚަބަރު | 8 މަސް ކުރިންދެ ޤައުމަކަށް ސަފީރުން ޢައްޔަންކުރައްވައިފިޚަބަރު | އަހަރެއް ކުރިން