ދެ ޤައުމަކަަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި
3 މާރިޗު 2025 - 11:06

ދެ ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެގޮތުން، ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ރަޝިއާ އަދި މޮރޮކޯއަށެވެ.

Ad by Hajj Corporation
އެގޮތުން، ރަޝިއާއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ތުރުކީވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެޓް ޖެނެރަލް ރިޓަޔަރޑް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.
މޮރޮކޯއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވެވީ ސައުދިއަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރުގެ ނަންފުޅެވެ.
ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރުމުން އެ ބޭފުޅުންނަށް ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ފިލިޕީންސްއަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަން ކުރެއްވުމަށްވެސް ރައީސުލްޖުމްހުރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ


