logo
Bank of Maldives

Bank of Maldives

ޚަބަރު

އީޔޫއަށް ކަނޑައެޅުއްވި ސަފީރު ގީލާގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފި

އީޔޫއަށް ކަނޑައެޅުއްވި ސަފީރު ގީލާގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފި

ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، ހަރ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެން އަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސްލްސް ގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގް ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތްކޮޅުއެރުވުމަށްފަހު، ގީލާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އުރްސުލާ ވޮން ޑާ ލެޔެން އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެރުވި ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، މީގެއިތުރުން، ރާއްޖޭން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމާ ގީލާ ހަވާލުވެވަޑައިގަތުމުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް މަރުހަބާ ވިދާޅުވި ކަމަށެވެ.

އަދި ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ އުރްސުލާ ވޮން ޑާ ލެޔެން އާ ބައްދަލުކުރައްވައިފަ އެވެ.

އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވެސް، ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ހަރުދަނާ ގުޅުމަށް ތައުރީފުކުރައްވައި، ދެފަރާތުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމަ ނިންމާލުމަށް، އެމެރިކާ އާއި ޔަހޫދީންނަށް އީޔޫގެ ގޮވާލުމެއްދުނިޔެ | 4 ގަޑިއިރު ކުރިންއިސްރާއީލާ ގުޅުންހުރި ސުވާލެއްކުރި އިޓަލީ ނޫސްވެރިއެއްގެ ވަޒީފާ ގެއްލިއްޖެދުނިޔެ | 4 މަސް ކުރިންސައުދީ ސަރުކާރުން ރާއްޖެއަށް އައު ސަފީރެއް އައްޔަންކުރައްވައިފިޚަބަރު | 8 މަސް ކުރިންއީޔޫއަށް ކަނޑައެޅުއްވި ސަފީރު ގީލާގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފިޚަބަރު | 10 މަސް ކުރިން