logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޔާމިންގެ އިންޑިއާ އައުޓް މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އާމިނަތު ޝަފާ
30 އޮކްޓޯބަރު 2024 - 11:02
ރައީސް ޔާމީން
ރައީސް ޔާމީން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް އިސްވެ ހުންނަވައި ހިންގެވި އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ނެރުނު ގަރާރު ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ސިވިލްކޯޓުން ބޭރުކޮށްލައިފިއެވެ.

މައްސަލަ ބާތިލުކުރީ މައްސަލައިގެ އަޑުއެހުމަށް ރައީސް ޔާމިންގެ ފަރާތުން ހަމަޖެއްސި ވަކީލު ހާޒިރުނުވުމާއި ހާޒިރުނުވި ސަބަބު އަންގައިދޭ އެއްވެސް ލިޔުމެއްވެސް ހުށަހަޅާފައިނުވާތީކަމަށް ކޯޓުން މައުލޫމާތުދެެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގައި ގާއިމުވެގެންތިބި އިންޑިއާ ސިފައިން ފޮނުވާލުމަށާއި އެމީހުންގެ ހަގީގަތް ހާމަކޮށްދިނުމަށް ގޮވާލައި މުޅި ރާއްޖޭގައި ރައީސް ޔާމީން އިސްވެ ހުންނަވައި ފެއްޓެވި އިންޑިއާ މިލިޓަރީ އައުޓް ހަރަކާތަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވަން އަމުރުކޮށް އޭރުގެ ރައިީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ގަރާރެއް ނެރުއްވާފައެވެ.

ރައީސް ޔާމިންގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅުއްވީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ރައީސް ސާލިހު ނެރުއްވި ގަރާރަކީ ގާނުނު އަސާސީގެ ތިން މާއްދާއަކާ ހިލާފަށް ނެރުނު ގަރާރެއްކަމަށް ކަނޑައަޅައިދެއްވުން އެދިއެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާޚަބަރު | 16 ގަޑިއިރު ކުރިންކްރެޑިޓް ކާޑަށް ފައިސާ ދައްކަން އަންގައި ކުރީގެ މެމްބަރު ޝިޔާނުގެ މައްޗަށް ހުކުމްކޮށްފިޚަބަރު | 3 މަސް ކުރިންނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތްޚަބަރު | 4 މަސް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ ޚަބަރު | 5 މަސް ކުރިން