logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނުގެ ޙައްގުގައި އަޑުއުފުލުމުން ބަންދުކުރީ، ސަފީރަށް އުނދަގޫ ކުރާތީ: ފުލުހުން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
29 އޯގަސްޓު 2024 - 06:19
އެމްބަސީތަކުގެ ކައިރީގައި އަޑުގަދަ ކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުން-- ފޮޓޯ/ ފުލުހުން
އެމްބަސީތަކުގެ ކައިރީގައި އަޑުގަދަ ކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުން-- ފޮޓޯ/ ފުލުހުން

ފަލަސްތީނުގެ ޙައްގުގައި އަޑު އުފުލި ދެ މީހަކު ހައްޔަރުކުރީ، ވަކި ސަފީރަކަށް އުނދަގޫކުރުމުގެ ޢަމަލުތަކެއް ހިންގުމުގެ ސަބަބުން ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް އަޑު އުފުލުމަށް، ދެ އަންހެނަކު ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ އަދި އިނިގޭރިސވިލާތުގެ އެމްބަސީގެ ދޮށުގައި ހަރަކާތްތެރިވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ދެމީހުން ހައްޔަރުކޮށްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދީނީ ޢިލްމުވެރިޔާ ޑރ.ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އަދި ގައުމީ ޔުނިވާސިޓީގައި ލެކްޗަރާރަކަން ކުރައްވާ  ޑރ. ޝަޒްރާ އިބްރާހީމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ދެމީހުން ހައްޔަރުކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ މީހުން ހަރަކާތްތެރިވެފައިވަނީ ސުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެ ދެ މީހުންވަނީ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށްފައި ކަމަށާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އެ ދެމީހުން ޢަމަލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ދެ މީހުން ކުރި ކަމަކީ ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ ޢަމަލުތަކެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެގޮތަށް ޢަމަލުނުކުރުމަށް ތަކުރާރުކޮށް، އެކި ފަހަރު މަތިން ވެސް ނަސޭހަތްދިނުމަށްފަހުއެވެ. އެހެން ނަމަވެސް، އެ ދެމީހުން ވަނީ ފުލުހުންގެ އެންގުމަށް އެ ދެ މީހުން ތަބާނުވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަލަސްތީނުގެ ޙައްގުގައި ވަކާލާތުކުރި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ސަބަބުން، އާންމުންގެ ފާޑުކިޔުން ފުލުހުންގެ އިދާރާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ގިނަ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ދެމީހުން މިނިވަންކުރުމަށް އެފަދަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫދު އަޑިން ފުލުސް މީހާ ނެގި ޑައިވަރުންނަށް ޝުކުރު އަދާކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންޢާސިފްގެ ޖަނާޒާ ފުލުހުންގެ ރަސްމީ އިއްޒަތުގައި ބާއްވައިފިޚަބަރު | 16 ގަޑިއިރު ކުރިންދުވަހު ކުއްޔަށް ކޮޓަރިއާއި ތެއްލިކެޔޮ ވިއްކާ ކަމަށް ބުނާ ސްކޭމަރެއް ހޯދަނީ!ޚަބަރު | 18 ގަޑިއިރު ކުރިންޝަމްޢާން ވަހީދުގެ މައްސަލަ ތަހުޤީކޮށްފައިވާނީ އެއްވެސް ފަރާތެއްގެ ނޫފޫޒެއް ނެތި: ފުލުހުންޚަބަރު | ދުވަހެއް ކުރިން