logo
ޚަބަރު

އާސަންދައަށް ގެނައި ބަދަލާއެކު ހިދުމަތް ލަސްވެދާނެކަމަށް އޭޑީކޭއިން ބުނެފި

މަރިޔަމް ޔަނާ އަލީ
1 ނޮވެމްބަރު 2024 - 07:15
އޭޑީކޭ، ފޮޓޯ--/ އެޑިޝަން އެމްވީ
އޭޑީކޭ، ފޮޓޯ--/ އެޑިޝަން އެމްވީ

އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ހިދުމަތް ދިނުމުގައި މިއަދުން ފެށިގެން ގެނައި ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ހިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދުން ފެށިގެން ސިއްހީ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންނަށް އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އެ އިންޝުއަރެންސްއިން ކެނޑުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އާސަންދަ ކުންފުނިން ގެނައި ބަދަލަކީ ކުއްލި ބަދަލެއް ކަމަށެވެ. އޭޑީކޭ އިން އާސަންދަ ހިދުމަތް ދެނީ ސޮފްޓްވެއާއެއް މެދުވެރިކޮށްކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން ގެންނަ ބަދަލާ އެއްގޮތަށް ސޮފްޓްވެއާއަށް ބަދަލު ގެންނަން ވެސް ވަގުތު ލިބިފައިނުވާ ކަމަށެވެ.

މި ބަދަލުތަކާ އެކު ހިދުމަތް ދިނުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭޑީކޭ އިން ބުންޏެވެ.

އާސަންދަ އިން އިއްޔެ ނިންމި ނިންމުމާ އެކު ހޮސްޕިޓަލުން ހިދުމަތް ހޯދާ ކޮންމެ ބަލި މީހެއްގެ އަތުގައި ވެސް ޕްރައިވެޓް އިންޝުއަރެންސެއް އޮތްތޯ ބެލުން ލާޒިމުކޮށްފައިވާތީ އޭޑީކޭ އިން ހިދުމަތް ހޯދާ ބަލިމީހުންގެ އަތުގައި އަމިއްލަ އިންޝުއަރެންސް އޮތްތޯ އެ ހޮސްޕިޓަލުން ކަށަވަރު ކުރާނެ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސްސިޓީއަށް ބޭސް ނެގުމުން ޑިސްޕެންސް ކޯޑު ފޮނުވަން ފަށަނީޚަބަރު | 9 މަސް ކުރިންއޭޑީކޭގެ ރަސްމީ ހެންޑަލް އިން ސްކޭމް މެސެޖުތަކެއް، ސަމާލުވާން އެދެފިޚަބަރު | 10 މަސް ކުރިންއާސަންދައަށް ގެނައި ބަދަލާއެކު ހިދުމަތް ލަސްވެދާނެކަމަށް އޭޑީކޭއިން ބުނެފި ޚަބަރު | 10 މަސް ކުރިން