އޭޑީކޭގެ ރަސްމީ ހެންޑަލް އިން ސްކޭމް މެސެޖުތަކެއް، ސަމާލުވާން އެދެފި
.jpg&w=96&q=75)
22 ނޮވެމްބަރު 2024 - 11:46

އޭޑީކޭ ހޮސްޕިޓަލުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީވެ، އެކަމަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ރަސްމީ ހެންޑަލް އިން ސްކޭމް މެސެޖުތަކެއް ކޮށްފައިވަނީ ރެ އާއި މިއަދުގެ ވަގުތެއްގައެވެ. އެކަމާ އެކު އޭޑީކޭއިން ވަނީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

Ad by Hajj Corporation
އެގޮތުން އޭޑީކޭއިން މިއަދު ސޯޝަލް މީޑީޔާއަށް ދޫކުރި މެސެޖެއްގައި ވަނީ، އޭޑީކޭގެ ނަމުގައި ފޮނުވާ އެފަދަ މެސެޖުތަކުގައިވާ ލިންކުތަކަށް ނުފިއްތުމަށް އިލްތިމާސްކޮށްފައެވެ.
އޭޑީކޭގެ ނަމުގައި ފޮނުވި މެސެޖުތަކުގައި ވަނީ ރާއްޖޭގެ ޕޯސްޓު އޮފީހުގެ މެސެޖެކެވެ. އެގޮތުން ޕޯސްޓު މެދުވެރިކޮށް ތަކެތި އައިސްފައިވާ ކަމަށާއި، އެހެން ނަމަވެސް ކަސްޓަމްސްއަށް ދައްކަން ޖެހޭ ބައެއް ފީތައް ނުދައްކައި ހުރުމުން އެ ތަކެތި ޑެލިވަރީ ކުރެވެން ނެތް ކަމުގައި އެ މެސެޖުގައި ވެއެވެ. އަދި ފީތައް ދެެއްކުމަށް ލިންކެއް އެ މެސެޖުގައި ހިމަނާފައިވެއެވެ.