logo
ޚަބަރު

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު އަނެއްކާ ވެސް ފަސްކޮށްފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
1 ނޮވެމްބަރު 2024 - 13:50
ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަދި ލީޑާޝިޕްގެ ބޭފުޅުންތަކެއް -- ފޮޓޯ/ ޕީއެންސީ
ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަދި ލީޑާޝިޕްގެ ބޭފުޅުންތަކެއް -- ފޮޓޯ/ ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓު ނަގާ ތާރީޚް އަނެއްކާވެސް ފަސްކޮށްފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ> މި މަހުގެ 9 ވާ ހޮނިހިރު ދުވަހު ބެއްވުމަށް ހަމަޖެހިފައި އޮތް ޕީއެންސީ ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓު ނަގާ ތާރީޚް މި މަހުގެ 23 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮަތަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދާއިރާތަކުގެ އިންތިޚާބުތަކުގެ ފަސްކޮށްފައިވަނީ ރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމަށްވާ މި މަހުގެ 11 ވާ ހޯމަ ދުވަހާ ގުޅިގެން މި މަހުގެ 10 ވާ އާދީއްތަ ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހަމަޖެއްސެވުމާ ގުޅިގެން، އެ ހަފްތާ ބަނދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރަން ހަމަޖެހިފައިވުމާއިއެކު މި މަހުގެ 9 ވާ ހޮނިހިރު ދުވަހު ވޯޓުލުމުގައި މެމެބަރުންނަށް ތަކުލީފުތައް ކުރިމަތިވާނެތީ ވޯޓު ނަގާ ތާރީޚް ބަދަލުކޮށްދިނުމަށް އެދި ކެނޑިޑޭޓުންނާޢި ގިނަ އަދަދެއްގެ މެމްބަރުންގެ އެދުމުގެ މަތިންކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ވޯޓު ނަގާ ތާރީޚް 23 ނޮވެމްބަރު އަށް ބަދަލުވުމާގުޅިގެން އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި، ރަށްރަށް އަދި ކެނޑިޑޭޓުންގެ ނަންތައް އަދި ވޯޓު ލެވޭ މީހުންގެ ލިސްޓް 10 ނޮވެމްބަރު ވާ ޢާންމުކުރާނެ ކަމަށް ވެސް އެ ޢިއުލާނުގައި ބުނެފައިވެއެވެ.

މަޤާމުތަކުގެ ގޮތުގައި އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި، ދާއިރާގެ ރައީސް އަދި ނާއިބު ރައީސް، ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް، އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ މެންބަރު ހިމެނެއެވެ. އެގޮތުން، ސްޓިއަރިން ކޮމިޓީ އަށް އިންތިޚާބުކުރާ މަޤާމްތަކުގެ ތެރޭގައި، ކޮމިޓީގެ އާންމު މެންބަރު، ޒުވާނުންގެ މެންބަރު އަދި އަންހެނުންގެ މެންބަރު ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ނޮޅިވަރަމް ދާއިރާ އަށްޚަބަރު | 4 މަސް ކުރިންޕާޓީގެ ބޭނުމަށް މަޢުލޫމާތު ހޯދަން މެސެޖުކުރާ ވާހަކަ ޕީއެންސީން ދޮގުކޮށްފިޚަބަރު | 6 މަސް ކުރިންޕީއެންސީގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 7 މަސް ކުރިންމެންބަރު ޒިޔާދަށް ނޭނގި ފުރި ފޯމް ބާތިލްކޮށްފިން، ފިޔަވަޅު އަޅާނަން: އީސީޚަބަރު | 8 މަސް ކުރިން