logo
E-Platinum
ޚަބަރު

ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާގައި ނުބެހެއްޓޭނެ ކަމަށް ބުނެފި

މަރިޔަމް ޔަނާ އަލީ
2 ނޮވެމްބަރު 2024 - 13:08
ފޮޓޯ--/ އެޓޯލް ޓައިމްސް
ފޮޓޯ--/ އެޓޯލް ޓައިމްސް

ރާއްޖެއަށް އެތެރެކުރާ ވޭޕާއި އީ-ސިނގެރޭޓް ބޮންޑް ނުކުރެވޭ ގޮތަށް ކަސްޓަމްސް ސާވިސްއިން ހަދައިފިއެވެ.

ކަސްޓަމްސްއިން އާންމު ގަވައިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކާއި، އީ-ސިނގިރޭޓާއި ވޭޕް އަދި އޭރޯސޮލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ނުހިމެނޭ ގޮތަށް ކަމަށެވެ.

ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން ޑިއުޓީ ދައްކަމުންދިޔައީ ބޮންޑެޑް ވެއާހައުސް އިން މުދާ ނެރޭ މިންވަރަކަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެ ބާވަތްތައް އެތެރެކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި މުދާ ކްލިއާ ކުރާ އިރު، މުޅި ޝިޕްމަންޓަށް ޑިއުޓީ ދައްކަން ޖެހޭނެކަމަށެވެ.

ބަނގުރަލާއ،ި އޫރުމަހާއ،ި އޫރުމަސް އެކުލެވޭ ތަކެއްޗާއ،ި ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯސްގެ ގޮތުގައި މުދާ ދޫކުރެވޭ ގޮތަށް އޮތް މާއްދާއަށް ވެސް އިސްލާހު ގެނެސްފައިވެއެވެ. އެގޮތުން ބަނގުރަލާއ،ި އޫރުމަހާއ،ި އޫރުމަސް އެކުލެވޭ ތަކެއްޗާއ،ި ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯސްގެ ގޮތުގައި މުދާ ދޫކުރަން ހުއްދަ ނުދެވޭ ގޮތަށް ހަދާފައިވެއެވެ.

އޭގެ އިތުރުން ކަސްޓަމްސްއިން ގެނެސްފައިވާ އިސްލާހުގައި ވަނީ ބޮންޑެޑް ވެއާހައުސްގެ ގޮތުގައި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގެ އިތުރުން، ކަސްޓަމްސްއިން ކަނޑައަޅައި އާންމުކުރާ އައިޓަމްތަކެއް ބެހެއްޓުމަށް ހާއްސަކުރާ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގެ އޮފީސްތައް ހުންނަ ސަރަހައްދުތަކުގައި ހެދިދާނެ ކަމަށެވެ.

ކަސްޓަމަސްއިން މި ބަދަލު ގެނެސްފައިވާއިރު ސަރުކާރުވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 50 އިންސައްތައަށް ބޮޑުކޮށް ކޮންމެ ސިނގިރޭޓަކުން އަށް ރުފިޔާ ނަގާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ސިނގިރޭޓު ވަކިން ވިއްކާ ބައެއް ތަންތަނުން އަށް ރުފިޔާއަށް ސިނގިރޭޓު ވިއްކަމުންދާއިރު، އެހެން ބައެއް ތަންތަނުން ވިއްކާ އަގު ވަނީ 10 ރުފިޔާއަށް އަރައިފައެވެ. މީގެ ކުރިން 105-110 ރުފިޔާއާ ދެމެދުގެ އަގެއްގައި ސިނގިރޭޓު ފޮށި ވިއްކަމުން ދިޔަ ނަމަވެސް އެ ބަދަލާއެކު ސިނގިރޭޓު ފޮށީގެ އަގު ވަނީ 200 ރުފިޔާއިން މައްޗަށް އަރައިފައެވެ.

ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވަނީ:

  • ސިނގިރޭޓު: 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ
  • ބިޑި: 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ
  • އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ: 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ
  • ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް: 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ
Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާ!ޚަބަރު | 8 މަސް ކުރިންނުގަވައިދުން ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލުމުގެ ހަރަދު ގެންނަ މީހަކު ދައްކަން ޖެހޭ ގޮތަށް ހަދައިފިޚަބަރު | 9 މަސް ކުރިންދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާގައި ނުބެހެއްޓޭނެ ކަމަށް ބުންފިޚަބަރު | 9 މަސް ކުރިން