logo
E-Platinum
ޚަބަރު

ނުގަވައިދުން ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލުމުގެ ހަރަދު ގެންނަ މީހަކު ދައްކަން ޖެހޭ ގޮތަށް ހަދައިފި

މަރިޔަމް ޔަނާ އަލީ
3 ނޮވެމްބަރު 2024 - 16:27
ފޮޓޯ--/ ދި އިސްލާމް
ފޮޓޯ--/ ދި އިސްލާމް

ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތައް ނައްތާލުމަށް ހިނގާ ޚަރަދު، އެ ތަކެތި އެތެރެކުރި ފަރާތަކުން ދައްކަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

މިނިސްޓްރީން މިގޮތަށް ހެދީ، އެ މިނިސްޓްރީގެ މެންޑޭޓް ދަށުގައި އޮތް 'ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވައިދު'އަށް ގެނައި އިސްލާހުގެ ތެރެއިންނެވެ.

އަދި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން އެތަކެތި ނައްތާލުމަށް ހިނގާ ޚަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ކަސްޓަމްސްއަށް ދައްކަންޖެހޭ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ތަކެތި ނައްތާލަންދެން، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނައިރު ހިނގާނެ ޚަރަދު ވެސް އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ކަސްޓަމްސްއަށް ދައްކަންޖެހޭނެއެވެ.

މި އިސްލާހުގައި ބުނެފައިވަނީ ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ޚިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ ކަސްޓަމްސްއިން ކަމަށެވެ.

ނަމަވެސް ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުހަލާ ފިޔަވައި މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ޚިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންނެވެ.

އެހެންނަމަވެސް، ޕޯސްޓް ނުވަތަ ކުރިއާ ސާވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ބޭނުމަށް، ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ދުންފަތުގެ ބާވަތްތައް ޖޫރިމަނާކުރުމުން އިސްތިސްނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މިފަހުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ބަދަލުގެނެސް ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ވަނީ  މަތިކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާ!ޚަބަރު | 7 މަސް ކުރިންނުގަވައިދުން ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލުމުގެ ހަރަދު ގެންނަ މީހަކު ދައްކަން ޖެހޭ ގޮތަށް ހަދައިފިޚަބަރު | 9 މަސް ކުރިންދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާގައި ނުބެހެއްޓޭނެ ކަމަށް ބުންފިޚަބަރު | 9 މަސް ކުރިން