logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންގްލަދޭޝް އިން އިންޑިޔާ ދޫކޮށް، ރާއްޖެ މެދުވެރިކޮށް ގާމެންޓް އެކްސްޕޯޓްކުރަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
3 ނޮވެމްބަރު 2024 - 05:48
ބަންގްލަދޭޝްގެ ގާމެންޓް ފެކްޓްރީއެއްގައި ބަޔަކު މަސައްކަތްކުރަނީ -- ފޮޓޯ/ދަ ޑެއިލީ ސްޓާ
ބަންގްލަދޭޝްގެ ގާމެންޓް ފެކްޓްރީއެއްގައި ބަޔަކު މަސައްކަތްކުރަނީ -- ފޮޓޯ/ދަ ޑެއިލީ ސްޓާ

ގާމެންޓް ނުވަތަ އަންނައުނު، ދެވަނައަށް އެންމެ ގިނައިން އުފައްދާ ގައުމު ކަމުގައިވާ ބަންގްލަދޭޝް އިން ރާއްޖެ މެދުވެރިކޮށް އެތަކެތި ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެތަކެތި، ރާއްޖެ މެދުވެރިކޮށް ބޭރުކުރަނީ "ސީ ޓު އެއާ ކާގޯ" މެދުވެރިކޮށެވެ. އެގޮތުން އަންނައުނުގެ ބާވަތްތައް، ކަނޑުމަގުން ރާއްޖެ އަށް ގެނެވި، ރާއްޖެއިން އެ ތަކެތި އެކްސްޕޯޓް ކުރެވެނީ ވައިގެ މަގުންނެވެ. އެފަދަ ބާވަތްތަކުގެ މުދާ ޢާންމުކޮށް ބޭރުކޮށް އުޅެނީ ޔޫރަޕުގެ ގައުމުތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ނާޒުކު އިގުތިޞާދު ހަރުދަނާކޮށް، އިގުތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާޢަތްތައް އުފެއްދެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެއްޓެވުމާއެކު އެމަނިކުފާނު އެންމެ އިސްކަން ދެއްވި މަސައްކަތްޕުޅު ކަމަށެވެ. އެގޮތުން ރާއްޖެ މެދުވެރިކޮށް، "ސީ ޓު އެއާ ކާގޯ" ގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެކަމާ ގުޅިގެން މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ.

ބަންގުލާދޭޝްގެ ގާމެންޓު އިންޑަސްޓުރީގެ ބޮޑު ޕަސެންޓޭޖެއް ވައިގެ މަގުން ފޮނުވަނީ ޔޫރަޕުގެ ގައުމު ތަކަށެވެ. މިހާތަނަށް މި މުދަލުގެ ބޮޑު ބައެއް ދުނިޔޭގެ އެކި ގައުމު ތަކަށް ގޮސްފައި ވަނީ، އިންޑިޔާ އާއި، ސުރީލަންކާ މެދުވެރި ކޮށެވެ. ރާއްޖޭގައި މިޚިދުމަތް ފެށިފަހުން މިކަމަށް ލިބޭ ތަރުހީބު ބޮޑުވެ، މިވީ ކުޑަ ދުވަސްކޮޅު ތެރޭ، މި ޚިދުމަތުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުތުރު ވެފައެވެ، - އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ލިޔުއްވާފައިވެއެވެ

ވަޖީހު ފާހަގަ ކުރެއްވި ގޮތުގައި، އެ މަސައްކަތް ކުރުމަށްޓަކައި އެމްޕީއެލް އާއި ޓާކިޝް އެއާލައިންއާއެކު މި އަހަރުގެ މާރިޗު މަހުގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މި އަހަރުގެ މޭއި މަހުގެ ތެރޭގައި ފުރަތަމަ ޝިޕްމެންޓް ފޮނުވާލެވިފައިވާއިރު، ހުސްވި އޮކްޓޯބަރު މަހު އެކަނި ވެސް 96 ކޮންޓެއިނަރުގެ މުދާ ޔޫރަޕުގެ ގައުމުތަކަށް ފޮނުވާލެވިފައިވާ ކަމުގައި ވަޖީހު ވިދާޅުވިއެވެ. އެއީ ގާތްގަޑަކަށް 418 ޓަނުގެ މުދާ ނުވަތަ 35،000 އެއްހާ ދާގިނާއެވެ.

ވަޖީހު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ރާއްޖެއިން ފެށުމާއެކު އޭގެ ތަރުޚީބު ބޮޑުވެ، އެކަމުގެ ޑިމާންޑް ވެސް ވަނީ ވަރަށް ބޮޑުވެފައެވެ. އޭގެ ސަބަބުން ބަންގްލަދޭޝް އިން ބޭރުކުރާ އަންނައުނުގެ ގިނަ ބާވަތްތައް، އިންޑިޔާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް ދަނީ ބޭރުކުރަމުން ކަމަށް ވާއިރު، އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބަންގްލަދޭޝްގެ ފަރާތްތަކާ ވެސް މަޝްވަރާކުރެވެމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ޝިޕިން ލައިންތަކާ ވެސް އިތުރަށް މަޝްވަރާކުރެވެމުންދާ ކަމުގައި ވަޖީހް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް އަޅަނީޚަބަރު | 2 ދުވަސް ކުރިންއެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިޚަބަރު | 2 ދުވަސް ކުރިންއެމްޕީއެލްއިން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު 5.4 އިންސައްތަ އިތުރުވެއްޖެޚަބަރު | 3 ދުވަސް ކުރިންނުގެންގޮސް ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ ޚަބަރު | 14 ދުވަސް ކުރިން