logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ސިފައިންގެ އަސްކަރީ ޤާބިލްކަން ދައްކާލައިފި

އަޙްމަދު ޒަލީފް
3 ނޮވެމްބަރު 2024 - 14:49
ދިވެހި ސިފައިންގެ އަސްކަރީ ޤާބިލްކަން ދައްކާލައިފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެެވެ.

"ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން" ނަމުގައި ކުރިއަަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

big_cqrKXFPCs3NnM8yeruH0QrsbH.jpg

--

ސިފައިންގެ އަސްކަރީ ހުށައެޅުމުގައި ވަނީ ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ޤާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލާފައެވެ.

ރެކޯޑްކޮށްފައިވާ މައްޒަރުތައް އަދި ޖުމްހޫރީމައިދާނުގައި ވަގުތުން ގެނެސްދިން މަންޒަރުތަކުގައި ވަނީ، ނިރުބަވެރި ޙާމަލާއެއް ދިވެހި ސިފައިންގެ ޚިދުމަތުުން ރޫޅާލުމުގެ އޮޕަރޭޝަނެއް ރާވާ ކުރިއަށްގެންދާނެ ގޮތް ގެނެސްދީފައެވެ.

ކޯސްޓް ގަރޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދަޢުރު މި އޮޕަރޭޝަންގައި ވަނީ ދައްކުވައިދީފައެވެ.

އެގޮތުން އުޕަރޭޝަންގެ ރޭވުންތެރިކަމާއި އެކަމުގައި ބޭނުންކުރާ އުކުޅުތަކާއި ސިފައިގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލިއެވެ.

big_LZ5ocokFhmzwr1tPQNArETGov.jpg

--

މި ރަސްމިއްޔާތުގައި ވަނީ ކަނޑުމަތީގައި އަސްކަރިއްޔާގެ ހަރަކާތްތެރިވުން އިތުރުކޮށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" އިފްތިތާޙުކޮށްދެއްވާފައެވެ.

މިއީ ކަނޑުމަތީގެ ޚާއްސަ ބޮޑެތި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމަށް މުޅިން އަލަށް އުފެއްދެވި އަސްކަރީ ޔުނިޓެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާ ދަށް ދަރިވަރުންނަށް ނޭޝަނަލް ސާވިސް ޕްރޮގްރާމް ފަށަން ތައްޔާރުވަނީޚަބަރު | 8 މަސް ކުރިންއަސްކަރިއްޔާ ކޮޅަށް ޖެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!ޚަބަރު | 10 މަސް ކުރިންދިވެހި ސިފައިންގެ އަސްކަރީ ޤާބިލްކަން ދައްކާލައިފި ޚަބަރު | 10 މަސް ކުރިން