logo
މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްBank of Maldives

Bank of Maldives

ޚަބަރު

އަސްކަރިއްޔާ ކޮޅަށް ޖެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

އާމިނަތު ޝަފާ
4 ނޮވެމްބަރު 2024 - 07:11
އަސްކަރިއްޔާ ކޮޅަށް ޖެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

މި އަންނަ އަހަރުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް ހޯއްދަވައިދެއްވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވީ ރޭއޮތް ޖަލްސާގައެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހި އަސްކަރީ އަދި ދިފާއީ ބާރު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާއިރު ރޭގެ ޖަލްސާގައި އަސްކަރިއްޔާ ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް އެކަށައެޅިފައިވާކަން ރައީސްވަނީ ހާމަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ޤައުމުގެ ސަލާމަތަށްޓަކައި އަދި ޢަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ސިފައިންގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީހުން ތަމްރީނުކުރުމަށް ޤައުމީ ފެންވަރުގެ ޚާއްޞަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ޢިއުލާން ކުރެއްވިއެވެ.

މީގެ އިތުރުން މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުގެ "ނިއު ޕޮލިސީ އިނީޝިއޭޓިވް"ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް މިއަންނަ އަހަރުތެރޭގައި ފަށްޓަވާނެކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެސް ހަރުދަނާކުރަން ޖެހޭކަމަށެވެ.

"ސިފައިންގޭގެ އެއްގަމުގެ ބާރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން ކޮށްދޭން ނިންމައި ފަށާފައި ވާނީ. ހަތިޔާރު ހޯދައި، އެކިއެކި އާލާތްތައް ހޯދަންޖެހޭ. މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީގައި ވަނީ މަސައްކަތްތަކެއް ފެށިފައި. އެގޮތުން ލިބޭ ހިލޭއެހީ ލިބިގެންދާނެ. އޭގެއިތުރަށްވެސް، ހަތިޔާރާއި އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް ބަޖެޓުގެ ތެރެއިން ވާނީ ވަކި ޢަދަދެއް ކަނޑައަޅާފައި. އަޅުގަނޑު ދޭ އުފާވެރި ޚަބަރަކީ، މި އަންނަ އަހަރުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު ޢަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން."

ޒަމާނީ ފެންވަރަށް ޢަސްކަރީ ޚިދުމަތް ގެންދިއުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާކަން މިރޭގެ ޖަލްސާގައި ރައީސުކްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އެއާކޯ ޤާއިމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫ.އޭ.ވީތައް ގެންނަވައި، ޤައުމުގެ އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ޤާބިލުކަން ސިފައިންގެ ކިބައިގައި ޤާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި މިއަދު ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައިކަމަށާއި ކަނޑުއޮށްގިރި ވެސް މިހާރުވަނީ ކޯސްޓްގާޑާ ހާވާލުކުރެވިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކީގައި ކުރިއަށްއޮތްތާނގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރަށްވެސް ވަރަށް ގިނަ މަސައްކަތްތައް ދިވެހި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު މިރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

މި ސަރުކާރުން އަންނަނީ ބޭރުގެ ގައުމަކަށް ބަރޯސާނުވެ ދިވެހި އަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ކޮޅަށް ނެގުމަށް ގިނަ މަސައްކަތްތަކެއްކޮށް އެކަމުގައި ކާމިޔާބު ހޯދަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްޚަބަރު | 3 ގަޑިއިރު ކުރިންޒަމާންތަކެއްގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ ސަބަބަކަށްވާނީ ދިވެހި ތާރީޚު: ރައީސްޚަބަރު | ދުވަހެއް ކުރިންސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލަރުން އިންތިޚާބުކޮށްފިނަމަ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ: ރައީސްޚަބަރު | 2 ދުވަސް ކުރިންލާމަރުކަޒީ ފުޅާކޮށް ރައްޔިތުންނަށް އިތުރު ބާރާއި އިތުބާރާއެކު އުންމީދުތައް ޙަޤީޤަތަކަށްރިޕޯޓް | 2 ދުވަސް ކުރިން