އިޒްރޭލުގެ ކިބައިން ބަދަލުހިފުމަށް އާޔަތުﷲ ޚާމަނާއީ ހުރީ ތައްޔާރުވެގެން

.jpg&w=3840&q=75)
04 ނޮވެމްބަރު 2024 - 04:15
އިސްރާއީލުން އިރާނަށް މިދިޔަ ހަފްތާ ދިން ހަމަލާއިން ލިބުނު ގެއްލުން އަޅާނުލާ ދޫކޮށްލާ ވަރަށް ވުރެ މާ ބޮޑު ކަމަށާއި، ބަދަލު ހިފުމުގެ ހަމަލާއެއް އިސްރާއީލަށް ދިނުމަށް ތައްޔާރު ވުމަށް އެ ގައުމުގެ އެންމެ މަތީ ގައުމީ ސަލާމަތީ މަޖިލީހަށް، އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ ޢަލީ ޚާމަނާއީ އަންގަވައިފިއެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ވާގޮތުން ޚާމަނާއީ މިގޮތަށް ނިންމެވީ އީރާނުގެ މިސައިލް ޤާބިލުކަމާއި ވައިގެ ދިފާއީ ނިޒާމުތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ގެ ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހުއެވެ.
ޚާމަނާއީ ވިދާޅުވެފައިވަނީ ޖަވާބެއް ނުދިނުމަކީ ބަލި ގަބޫލުކުރުން ފަދަ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އީރާނުގެ އަސްކަރީ ގާބިލުކަމަށް ކުރާ ނޭދެވޭ އަސަރުތައްކުރާނެކަމަށެވެ. އަދި، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލުން ބުނީ އީރާނުގެ އަސްކަރީ ލީޑަރުން މިހާރު އަންނަނީ އިސްރާއީލުގެ އެތެރޭގައި އަސްކަރީ ހަމަލާތައް ދޭނެ އަމާޒުތަކުގެ ލިސްޓެއް ތައްޔާރު ކުރަމުންނެވެ. ނަމަވެސް ހަމަލާތައް ދިނުން އެކަށީގެންވަނީ އެމެރިކާގެ އިންތިޚާބަށް ފަހު ކަމަށާއި އެއީ އެ ސަރަހައްދުގައި މިވަގުތު ހަމަނުޖެހުން ހިންގައިފިނަމަ، އޭގެ ފައިދާ އެމެރިކާގެ އިދިކޮޅު ލީޑަރު ޑޮނަލްޑް ޓްރަމްޕަށް ލިބިދާނެތީ އީރާނުން ކަންބޮޑުވާތީ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
މި ހަމަނުޖެހުންތައް އިތުރަށް ހޫނުވީ ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އާއި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާއާ ގުޅިގެންނެވެ. އޭގެ ބަދަލުގައި އިޒްރޭލުން ވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ހަމަނުޖެހުން އިތުރަށް ވަރުގަދަކޮށްފަ އެވެ.
އިތުރު ލިޔުންތައް

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފި
6 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
6 މަސް ކުރިން
ހިޒްބުﷲގެ ވާރިސު ހާޝިމް ސަފީދީންވެސް އިޒްރޭލުން މަރާލައިފި
6 މަސް ކުރިން