logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަހީދުންގެ ޢާއިލާތަކަށް ދާއިމީ އިނާޔަތާއި ބޯހިޔާވަހިކަން ހަމަޖައްސަނީ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
4 ނޮވެމްބަރު 2024 - 04:46
ޝަހީދުންގެ ޢާއިލާތަކަށް ދާއިމީ އިނާޔަތާއި ބޯހިޔާވަހިކަން ހަމަޖައްސަނީ

ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ޝަހީދުވި ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް އެލަވަންސާއި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފައްޓަންނިންމައިފި ކަމަށް އިއުލާނު ކުރައްވާފައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭގަ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާއްމުންގެ 11 މީހަކު ޝަހީދުވެ އަދި ފާއިތުވި 40 އަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ސިފައިންގެ 29 މީހަކާއި ފުލުހުންގެ ދެ މީހަކު ނިޔާވިއަސް އެ މީހުންގެ އަގުވަޒަންކުރަން ސަރުކާރުތަކުން އެއްވެސް ކަމެއް ނުކޮށްދޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ، މި ސަރުކާރުން ވަނީ، ވަކި އުސޫލެއް ހަދައި، ޝަހީދުވި އާއިލާތައް އަދި އެ ދުވަހު ކުރި މަސައްކަތުގެ އަގުވަޒަންކޮށް މެޑަލް ލިބުނު ބޭފުޅުން ހިމެނޭހެން، އެ އެންމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސަން ނިންމައިފަ އެވެ.

އަންނަ އަހަރުން ފެށިގެން، ޝަހީދުވި އާއިލާތަކާއި 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ މެޑަލް ލިބުނު ފަސް ފަރާތާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 ފަރާތް ހިމެނޭހެން، މި ހުރިހާ ފަރާތަކަށް ކަނޑައެޅޭ، ގެޒެޓުކުރެވޭ އުސޫލެއްގެ މަތިން ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ހާއްސަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން، ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް، ޝަހީދުވި ފަރާތްތަކަށް ހާއްސަކުރެވިގެން ހައުސިން ޕްރޮގްރާމެއް، 'ޝަހީދުންގެ ހިޔާ'ގެ ނަމުގައި 50 ހައުސިން ޔުނިޓު ހިމެނޭ ހައުސިން އިމާރާތެއް ކުރިއަށް އޮތް އަހަރުތަކުގައި، މި ދައުރުގެ ތެރޭގައި އަޅައި ނިންމާ މި އާއިލާތަކާ ހަވާލުކުރާނަން.

ރައީސް ވިދާޅުވީ ސަރުކާރުތަކުން ކޮންމެ ކަމެއް ކޮށްދިނަސް އާއިލާތަކުން ކަޑައްތުކުރާ ހިތާމައެއް އަނބުރާ ނުދެވޭނެ ކަމަށެވެ. ނަމަވެސް، އަބްޠާލުން ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެބޭފުޅުންގެ އަގުވަޒަންކޮށް، އެއްބާރުލުން ދިނުމަކީ އިސްކަމެއް ދޭންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށް: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންމަސައްކަތްތެރިންނަށްޓަކައި މި ސަރުކާރުން ވަށައިޖެހޭ އަދުލުވެރި ސިޔާސަތުތަކާއެކު ބޮޑު ކުރިއެރުމެއްރިޕޯޓް | 15 ގަޑިއިރު ކުރިންމަސައްކަތްތެރީންނަށްޓަކައި މި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއް: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހޯމް މިނިސްޓަރަށް ތާއީދު ކުރެއްވުމުން ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވޭ: ޝުޖާއުޚަބަރު | ދުވަހެއް ކުރިން