ރީޖަނަލް އެއާޕޯޓްސްގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ނާޞިފް ވަކިކޮށްފި

އަހުމަދު ނާޞިފް

04 ނޮވެމްބަރު 2024 - 10:11
ރީޖަނަލް އެއާޕޯޓްސްގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނާޞިފް އެ މަގާމުން ވަކިކޮށްފިއެވެ.
ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީންއަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފޮނުއްވި ސިޓީގައިވަނީ މި ބަދަލު ގެނެސްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒު ކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ މަތިންކަމަށެވެ.
މިކަމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ކުރެއްވި ޕޯސްޓެއްގައިވަނީ ނާސިފް އެ ކުންފުނީގައި ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ކުރިމަގުގައި ކާމިޔަބަށް އެދިވަޑައިގެންފައެވެ.
މެންދުރަށް މައުލޫމާތު ލިބޭ ގޮތުގައި ނާޞިފް ބަދަލުކުރައްވާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށެވެ.
އިތުރު ލިޔުންތައް

ޓޫރިޒަމުގެ ފައިސާ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުކުރުމުން އެނގެނީ ރައްޔިތުންގެ ހައްގުގެ މުހިންމުކަން: މުބީން
7 މަސް ކުރިން
އައި ފޯނު އެތެރެކުރިކަމަށް ބުނެ ފެތުރީ އަބުރު ކަތިލުމުމަށް ދޮގު ޚަބަރެއް: މުބީން
7 މަސް ކުރިން
އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު ބިދޭސީންގެ މައްސަލަ މިސަރުކާރުން ހައްލު ކުރާނެ- މުބީން
6 މަސް ކުރިން