logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއު ރޭޑިއެންޓް ޗެއަރްމެން އަކަށް މުބީން އިންތިހާބު ކޮށްފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
21 ނޮވެމްބަރު 2024 - 05:24
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން

ނިއު ރޭޑިއަންޓްގެ ޗެއާމަން ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން އިންތިހާބު ކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ ކުރިއަށްދިޔަ ނިއު ރޭޑިއަންޓުގެ ކޮންގްރެސްގައި އެ ކުލަބުން ވަނީ ކުރިއަށް އޮތް ތަނުގައި ކުލަބުގެ ހިންގުން ހަވާލުކުރާނެ ހިންގާ ކޮމިޓީއެއް އިންތިޚާބުކޮށްފައެވެ. ނިއު ރޭޑިއަންޓާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އެ ކުލަބުގެ ލެޖެންޑުންނާއި، ގިނަ އަދަދެއްގެ ސަޕޯޓަރުން މި ކޮންގްރެސްގައި ބައިވެރިވިއިރު، ކޮންގްރެސްއާ ދިމާކޮށް ވަނީ އައު ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެ ގޮތުން ކޮންމެ މަގާމަކަށްވެސް އެއް ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗެއާމަންގެ މަގާމަށް މުބީން އިންތިޚާބުކުރެއްވިއިރު، ރޭގެ ކޮންގްރެސްއާ ހަމައަށް ދިޔައިރު ނިއު ރޭޑިއަންޓުގައި ހުރީ ވަގުތީ ޗެއާމަނެކެވެ. އެއީ އެންމެ ފަހުގެ ދައުރުގައި އިންތިޚާބުވެވަޑައިގެންނެވި ޗެއާމަން އަޙްމަދު ވާސިފް، ދައުރު މެދުތެރެއިން މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މުބީންގެ އިތުރުން ކުރީގެ ޗެއާމަން އަހްމަދު ވާސިފްގެ ބޯޑްގައި ވެސް މަސައްކަތް ކުރެއްވި ގާނޫނީ ވަކީލް އަލީ ރަޝީދުވެސް ވަނީ ވައިސް ޗެއާމަންކަމުގެ މަގާމަށް އިންތިހާބު ކޮށްފަ އެވެ.

ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން މުބީން ވިދާޅުވީ، ނިއުރޭޑިއެންޓް މިވަގުތު ވެއްޓިފައިވާ އަންދަވަޅުން ސަލާމަތްކުރުމަށް އިޙްލާސްތެރިކަމާއެކު މަސަތްކަތްކުރާނެ ކަމަށެވެ.

އަޅުގަނޑުމެންގެ މި މުޅި ޓީމްގެ މަސަތްކަތަކީ ނިއުރޭޑިއެންޓް މި ވެއްޓިވައިފާ އަންދަވަޅުން ސަލާމަތްކުރުމަށްޓަކައި ނިއުރޭޑިއެންޓްއަށް އިޙުލާސްތެރި، ތެދުވެރިކަމާއެއްކޮށް މަސަތްކަތްކުރަމުން އައި ބޭފުޅުންނާއެއްކޮށް ނުކުމެ، މި މަސަތްކަތް ކުރުން.

ނިއު ރޭޑިއަންޓުން ބޭއްވި ކޮންގްރެސްގައި ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް އިންތިޚާބުކުރައްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަލީ އިބްރާހީމާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. އޭގެ އިތުރުން ވައިސް ޗެއާމަނަކަށް އިންތިޚާބުކުރައްވާފައިވަނީ އަލީ ރަޝީދެވެ. އަދި ލީގަލް ކައުންސިލްގެ މަގާމަށް އިންތިޚާބުކުރެއްވީ މާޒިން ހުސެއިން އިބްރާހީމެވެ.

ނިއު ރޭޑިއަންޓުން މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރިއިރު، އެ ޓީމު ބަލިވީ ސެމީ ފައިނަލުގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުންނެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފިޚަބަރު | 2 މަސް ކުރިންއެމްޑީޕީން ގޯތި ދިނުމުގެ ނަމުގައި ރައްޔިތުންނަށް ކުރީ ފުރައްސާރައެއް: މުބީންޚަބަރު | 2 މަސް ކުރިންފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަން އަލުން ފަށައިފިޚަބަރު | 3 މަސް ކުރިންއޮފީސް ލީގު ސްޓެލްކޯއަށް، މުބާރާތަށް މުބީންގެ ތަޢުރީފުކުޅިވަރު | 4 މަސް ކުރިން