ޔާމީންގެ މައްސަލަ ސުޕްރީމްކޯޓުގައި ތާވަލުކޮށްފި

މުހައްމަދު މޫސާ05 ނޮވެމްބަރު 2024 - 13:52
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އެ ކޯޓުގައި ތާވަލުކޮށްފިއެވެ.
މިއީ ޔާމީންގެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ވ. އާރަށުގެ މައްސަލާގަައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އޮތީ އަންގައިފަ އެވެ.
އަދި އެ މައްސަލަ އަލުން ބަލާއިރު، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން އޭރު އޮތީ ކަނޑައަޅައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލު ކޮށްފައިވަނީ އެ މައްސަލާގެ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށެވެ.
އިތުރު ލިޔުންތައް

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ ބަލަނީ
އަހަރެއް ކުރިން
President Yameen's arrest order is being investigated
އަހަރެއް ކުރިންބައިސްކަލު ލޭނާއި ޑިގު ގަނޑު
އަހަރެއް ކުރިން


