logo
Bank of Maldives

Bank of Maldives

ޚަބަރު

ޔާމީނުގެ ބަސްމަގު ވެއްޓިފައިވާ ހާލަތުން ވެގެން އުޅޭގޮތް ރައްޔިތުންނަށް ސާފުވާނެ: ޚަލީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ސެޕްޓެމްބަރު 2024 - 06:06
''ޔާމީނުގެ ބަސްމަގު ވެއްޓިފައިވާ ހާލަތުން ވެގެން އުޅޭގޮތް ރައްޔިތުންނަށް ސާފުވާނެ''

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވިސްނުންފުޅާއި، ބަސްމަގު މިހާރު ވެއްޓިފައިވާ ހާލަތުން ވެގެން އުޅޭގޮތް ރައްޔިތުންނަށް ސާފުވާނެކަމަށް ހެލްތް މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން ގެންދަވަނީ ޕީއެންއެފް ކިޔާ ޕާޓީއެއް އުފައްދަވައިގެން ފްރަންޓް އޮފީސް ޖަލްސާ ނަމުގައި ބައްދަލުވުންތަކެއް ބާއްވައި، މި ސަރުކާރަށާއި، ރައީސް ޑރ. މުޢިއްޒަށް ވަރަށް މަލާމާތް ރައްދުވާގޮތަށް، ބައެއް ފަހަރު ''ބާޒާރު ބަހުރުވައިން'' ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމިއްލަ ގެކޮޅުގައި އެންމެ ފަހުން ބޭއްވި ޕީއެންއެފްގެ ފްރަންޓް އޮފީސް ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރައީސް މުޢިއްޒުގެ އީމާންތެރިކަމާއި ގުޅުވައި މަލާމާތް ކުރަށްވާފައެވެ.

އެކަމަށް ރަށްދުދެއްވައި ޑރ. ޚަލީލް ވިދާޅުވީ، ރައީސްކަން ކުރެއްވި ބޭފުޅެއްގެ ބަސްމަގާއި ވިސްނުންފުޅު މިޙާލަތަށް ވެއްޓުމުން، ވެގެން އުޅުއްވަނީ ކީއްވެގެންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.

https://x.com/abkhaleel/status/1835910296143360034

''ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ބަސްމަގާއި ވިސްނުންފުޅު މިޙާލަތަށް ވެއްޓުނީމާ، މި އުޅުއްވަނީ ކީއްވެގެންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ. ގޮތް ނިންމާނީ ރައްޔިތުން.'' ޑރ. ޚަލީލް ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒަކީ ވަރަށް ދީނީ ކަންކަމަށް ލޯބިކުރަށްވާ ފަސްވަގުތު ނަމާދުކުރަށްވާ ރައީސެކެވެ. ރާއްޖޭގެ ފަހުގެ ތާރީޚްގައި އެންމެ ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓަވާ ވެރިއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަވެއެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ވެސް އެމަނިކުފާނަކީ ޖަމާއަތަށް ނަމާދަށް ވަޑައިގަންނަވާ ބޭފުޅެއްކަން ގިނަ ބަޔަކު ދަނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 8 ދުވަސް ކުރިންޔާމީން ކޯޓަށް ގޮންޖައްސަވައި ފިއްލެވުން: ގާނޫނާއި ޚިލާފު ކިބުރުވެރި ޢަމަލެއްރިޕޯޓް | 2 މަސް ކުރިންކޯޓަށް ހާޒިރުނުވެ ދިއްދޫއަށް ވަޑައިގަތުމުން ޔާމީނަށް ކޯޓުގެ އިންޒާރުޚަބަރު | 2 މަސް ކުރިންއިންސާނަކަށްވީތީ ހުންނަންޖެހޭ ފެންވަރުވެސް ޔާމީންގެ ކިބައިގައި ނެތް: ނާޒިމްޚަބަރު | 3 މަސް ކުރިން