logo
Bank of Maldives

Bank of Maldives

ޚަބަރު

އިޤްތިޞާދު ސަލާމަތްކުރަން ރައީސް މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ޔާމީން ތާޢީދުކުރައްވާކަން އެނގޭ: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޯގަސްޓު 2026 - 17:11
އިޤްތިޞާދު ސަލާމަތްކުރަން ރައީސް މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ޔާމީން ތާޢީދުކުރައްވާކަން އެނގޭ: ޝުޖާޢު

މި ޤައުމުގެ އިޤްތިޞާދު ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަކީ އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޤަބޫލުފުޅު ކުރެއްވި، އެކަމަށް ތާޢީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާޢު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުނޑާލުމަށް ރޭވިގެން ހިންގާފައިވާ ޖަރީމާތައް ހުއްޓުވައި އިޤްތިޞާދު ސަލާމަތް ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކާ ގުޅޭގޮތުން، ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުންނާއެކު އެމަނިކުފާނު ތާޢީދުކުރައްވައި ވާހަކަދައްކަވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަނީ ކޮންކަމެއް ހާސިލް ނުވެގެންތޯ ޝުޖާޢު ވަނީ ސުވާލު އުފައްދަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމުގައި ހުންނެވުމަކީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ނުވޭތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ވެރިކަމެއް އޮތްނަމަ މިއަދުވެސް ރައީސް ޔާމީން ބައިންދާނީ ޖަލުގައި ކަމަށާއި، މި ޤައުމު އޮންނާނީ ވިއްކާ ހުސްކޮށްފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު މި ޤައުމުގެ އެއްވެސް ހަރު މުދަލެއް ނުވަތަ އެންމެ އަކަ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ދީފައި ނުވާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި ޑރ. މުޙައްމަދު ޖަމީލު އަޙްމަދުމެންގެ މޫނަށް ބައްލަވައިގެން ކުރައްވާ ކަންކަމުގެ ސަބަބުން ހަލާކުވަމުންދަނީ ޚުދު ރައީސް ޔާމީން އަމިއްލަފުޅަށް ކަމަށާއި، އެންމެ ފަހަރަކުވެސް ލޯގަނޑެއްގެ ކުރިމައްޗަށް އަރައި އަމިއްލަ މޫނަށް ބަލައި ފުންކޮށް ވިސްނާލުމަށް ޝުޖާޢު ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

3 ވުޒާރާގެ އަލިފާނުގެ ހާދިސާ: ޔާމީން ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދަން އަންގައިފިޚަބަރު | 3 ގަޑިއިރު ކުރިންޔާމީންގެ ވެރިކަން ނިމުނީ އަނިޔާވެރިވެ، ދިވެހިންގެ ބައިތުލްމާލު ދިރުވާލީމާ: އަބްދުއްރަހީމްޚަބަރު | ދުވަހެއް ކުރިންޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއުޚަބަރު | ދުވަހެއް ކުރިންރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢުޚަބަރު | 4 ދުވަސް ކުރިން