logo
MPL

MPL

ޚަބަރު

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ ބަލަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
3 ސެޕްޓެމްބަރު 2024 - 14:00
ރައީސް ޔާމީން
ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރުމަށް ސައްހަނޫން ކޯޓު އަމުރެއް ނެރުމާއި ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓެއް އުފެއްދި މައްްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީސް މީޑިއާގެ މަންސަ ތަކުގައި ދައުރުވަމުންދާ އެ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓާއި ގުޅިގެން ފުލުހުން ބެލި ބެލުމުން އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާރއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާއި ދިމާނުވާކަން ފާހަކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމައެހެންމެ، މީސް މީޑިއާގައި ދައުރުކުރަމުންދާ ސައްހަނޫން ރިޕޯޓުަގއި އޭރުގެ އެކްޓިން ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ނަމުގައި ބޭނުންކޮށްފައިވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓުތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ސްޕޯކްސްޕާސަން އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެން ކަމަށްވެސް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައިު ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި، ފުލުހުންގެ އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފެދިފައިވާ އަދި އެކިގޮތްގޮތުން ބަދަލުގެނެސް އުފައްދާފައިވާ ސައްހަނޫން ހިމެނޭ ރިޕޯޓެއްކަން ފާހަގަވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ސައްހަނޫން މި ރިޕޯޓް އުފެއްދައި ދައުރު ކުރަމުންދާ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ. މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެކޮމިޝަނުން މި ހިދުމަތުގައި އެދިފައިވާތީ، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީން މަސައްކަތް ކުރައްވަނީ ރައީސް މުޢިއްޒަށް އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ތަރައްޤީ ހުއްޓުވަން: ފަލާޙްޚަބަރު | މަހެއް ކުރިންމޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭރިޕޯޓް | 2 މަސް ކުރިންޔާމީންގެ ވެރިކަމަށްވުރެ އަނިޔާވެރި، ޚުދުމުޚުތާރު ވެރިކަމެއް ނުދެކެން: މުހައްމަދު އިސްމާއީލްޚަބަރު | 2 މަސް ކުރިންޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއުޚަބަރު | 2 މަސް ކުރިން