logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާވެހި ފައިނޭންސްއިން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަފާ
8 ނޮވެމްބަރު 2024 - 05:48
ހިޔާވެހި ފައިނޭންސްއިން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހިޔާވެހި ފައިނޭންސް އަށް މިއަދުން ފެށިގެން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގެދޮރު އިމާރާތްކުރުމަށް މާލީ ގޮތުން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ފެށި މި ލޯނު ސްކީމް އިފްތިތާހުކުރީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެދޮރުވެރިކާމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށްކަމަށާއި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 8 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގުރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ޢިމާރާތްކުރުމަށްޓަކައި އެހީތެރިކަން ލިބޭ ސްކީމުގެ ދަށުން، ސަރުކާރުގެ ކުންފުންޏަކާ އެކުގައި މަސައްކަތްތަކެއް ކޮށްގެން، ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި ގެ އެޅޭނޭ ލުއި ގޮތްތަކެއް ހޯދައިދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން މަސައްކަތްކުރާ ސްކީމެކެވެ. އެ ސްކީމްގެ ތެރެއިން ލޯނު ދޭނީ 5 ޕެސެންޓުގެ އިންޓްރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ. އެ ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތްކުރުމަށަވެ.

ހިޔާވެހި ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައިހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ލިންކް ރޯޑު ބޮޑު ބަދަލަކަށް: 12.3 ކިލޯމީޓަރުގެ ސަރަހައްދެއް 4 ލޭނަށް ފުޅާކުރަން ހަވާލުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންހިޔާވެހި ފައިނޭންސިންގ ޕްރޮގްރާުގެ ދަށުން 909 މިލިއަން ރުފިޔާ ދޫކުރަނީޚަބަރު | 9 މަސް ކުރިންނަޑެއްލާގެ ބަނދަރު ހެދުން ހެވީ ފޯސް ކުންފުންޏާ ހަވާލުކޮށްފި ޚަބަރު | އަހަރެއް ކުރިންހިޔާވެހި ފައިނޭންސްއިން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 އަހަރު ކުރިން