ޚަބަރު
މުހައްމަދު މޫސާ
ގޭންގު މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހަތަރު ޒުވާނުން ޝަރީއަތް ނިމެންދެން ބަންދު


08 ނޮވެމްބަރު 2024 - 18:49
ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގު މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހަތަރު ޒުވާނުން ތަހުގީގީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ތުހުމަތުކުރެވޭ މިންވަރަށް މި ހަތަރު މީހުންގެ މައްޗަށް ވެސް ހެކި ހުށަހަޅާފައިވާކަން ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާއިރު، އޭގެތެރޭގައި ތަހުގީގީ ބަޔާންތަކާއި، ސީސީޓީވީ ފުޓޭޖާއި އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން ވެސް އިތުރު ހެކި ހުށަހަޅާފައިވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
މި ޒުވާނުންނަކީ، 21 އަހަރުގެ ދެ ޒުވާނުންނާއި 22 އަހަރުގެ ޒުވާނެއްގެ އިތުރުން 23 އަހަރުގެ ޒުވާނެކެވެ.
ކޯޓު އަމުރުގައި ވަނީ ތަހުގީގީ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން މި ޒުވާނުން ބަންދު ކުރުމަށެވެ.