logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑޮނޭޝިޔާގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި

މަރިޔަމް ޔަނާ އަލީ
9 ނޮވެމްބަރު 2024 - 12:30
ފޮޓޯ-ދަ ވިޓްނެސް
ފޮޓޯ-ދަ ވިޓްނެސް

އިންޑޮނޭޝިޔާގައި ހުންނަ ބޮޑު އަލިފާން ފަރުބަދައެއް ގޮވަން ފެށުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. އެއީ, އިރުމަތީ ނޫސާ ތުންގާރާ ޕުރޮވިންސުގައި ހުންނަ އަލިފާން ފަރުބަދައެކެވެ. ހުސްވި ހަފުތާގައި އެ އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު ހިނގި ހާދިސާތަކުގައި މިހާތަނަށް 9 މީހުން ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ, އަލިފާން ފަރުބަދަ ކައިރީގައި ހުންނަ އަވަށްތަކެއްގައި ދިރިއުޅޭ ބަޔެކެވެ.

އެ ފަރުބަދަ ގޮވަންފަށައި, އަރަމުންދާ އަޅި 9 ކިލޯމީޓަރު އުހަށް ފެތުރެމުންދާ ކަމުގައި އިންޑޮނީޝިޔާގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރެއެވެ. އެ އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު, ނުރައްކާ އޮތް ސަރަޙައްދުގައިވާ އަވަށްތަކުގައި ދިރިއުޅޭ 16,000އެއްހާ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ނޮވެންބަރު 8 ވަނަ ދުވަހު ވެސް, އެ އަލިފާން ފަރުބަދަ ތިން ފަހަރަކު ގޮވާފައިވާ ކަމަށާއި, އަލިފާން ފަރުބަދައިން އަޅިއާއި ދިޔާ އަލިފާން ފައިބަމުންދާ ކަމުގައި އެ ޤައުމުގެ އަލިފާން ފަރުބަދަތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އަދި, އަލިފާން ފަރުބަދަ ކައިރީގައި ހުރި އަވަށްތަކުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

"މައުންޓް ލެވޮތޮބީ ލަކި-ލަކީގެ ހުޅަނގާއި އިރުހުޅަނގުން ދިޔާ އަލިފާނާއި ހޫނު އަޅި އަދިވެސް ދަނީ ފައިބަމުން،" އިންޑޮނީޝިޔާގެ އަލިފާން ފަރުބަދަތަކާ ބެހޭ އިދާރާގެ ވެރިޔާ މުޙައްމަދު ވާފިދު ވިދާޅުވިއެވެ. އެ ކަމާ ގުޅިގެން, އަލިފާން ފަރުބަދައިގެ ކްރޭޓަރ, ނުވަތަ މަދާ ވަށައިގެންވާ 9 ކިލޯމީޓަރުގެ ސަރަޙައްދަކީ ނުރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ވާފިދު ވިދާޅުވީ, އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އަލިފާން ފަރުބަދައިން ފައިބަމުންދާ ދިޔާ އަލިފާނާއި އަޅީގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ދިހަ ހާހަކަށްވުރެ ގިނަ މީހުން މިހާތަނަށް ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަން ވާފިދު ހާމަކުރެއްވިއެވެ. ނޮވެންބަރު 7ވަނަ ދުވަހު ވެސް އެ އަލިފާން ފަރުބަދަ އެތަކެއް ފަހަރަކު ގޮވައި, 10 ކިލޯމީޓަރު އުހަށް އަޅި އަރަމުން ދިޔައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑޮނޭޝިއާ އަށް 7.1 މެގްނިޓިއުޑްގައި ބިންހެލުމެއްދުނިޔެ | 14 ގަޑިއިރު ކުރިންއިންޑޮޝިޔާގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިދުނިޔެ | އަހަރެއް ކުރިންއިންޑޮނީޝިއާގެ ރައީސްކަމުގެ ހުވާ ޕްރަބޯވޯ ސުބިއަންޓޯ ކުރައްވައިފިދުނިޔެ | އަހަރެއް ކުރިން