ދައުރުވަމުންދަނީ ކުރީގެ ވީޑިއޯއެއް: ކަރެކްޝަން
9 ނޮވެމްބަރު 2024 - 12:30

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މާފުށީ ޖަލުގެ ގޮޅިއެއް ކްލަބެއް ގޮތަށް ރީތިކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއަކީ ކުރީގެ ވީޑިއޯއެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދައުރުވަމުންދާ ވީޑިއޯއަކީ 2022 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ދައުރުވަމުންދާ ވީޑިއޯއެއް ކަން ފާހަގަކުރެވިފައިވާކަމަށެވެ.

Ad by Hajj Corporation
ވީޑިއޯއިން ފެންނަ ގޮތުގައި ޖަލު ގޮޅިތެރެ ނޫ ކުލަ އާއި ރަތް ކުލައިގެ ބޮކިތަކުން ދިއްލައި ފާރުގައި ކަޅާއި ހުދު ކުލައިގެ ވޯލްޕޭޕަރު ތަތްކޮށް ފަރުނީޗަރުތައް ވެސް ވަނީ ބަހައްޓާފައެވެ. އަދި އެގޮޅީގައި މީހުން އުޅޭތަން ވެސް ފެނިގެން ދެއެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި މިއީ ކުރީގެ ވީޑިއޯއެއްކަން ހާމަކޮށް ގައުމީ ސަލާމަތާ ގުޅުން ހުންނަ މިފަދަ މުވައްސަސާއަކާ ބެހޭގޮތުން މައުލޫމާތު ފެތުރުމުގެ ކުރިން އެކަމެއްގެ މައުލޫމާތު އެ މުވައްސަސާއާ ގުޅުއްވައިގެން ހޯއްދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


