logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ސިޓީ: ކެއިކެއިނުން ބަނޑު ފަޅައިގެންދަނީ؟

އަބްދުﷲ ޣާނިމް
10 ނޮވެމްބަރު 2024 - 04:09
މެންސިތީގެ ކޯޗު ގާޑިއޯލާ. ފޮޓޯ: ފަބްރީޒިއޯ ރޮމާނޯ
މެންސިތީގެ ކޯޗު ގާޑިއޯލާ. ފޮޓޯ: ފަބްރީޒިއޯ ރޮމާނޯ

ޖެހިޖެހިގެން 4 އަހަރު އިނގިރޭސި ޕްރީމިއަރ ލީގު ނަގާފައިވާ މެންޗެސްޓަރ ސީޓީ ޖެހިޖެހިގެން 4 މެޗުން ބަލިވެއްޖެއެވެ. ޕްރީމިއަރ ލީގުގައި ރޭގައި ބްރައިޓަން އާ ދެކޮޅަށް ކުޅުނު މެޗުން ސިޓީއިން ގޯލެއް ޖަހާފައިވަނިކޮށް ބްރައިޓަން އިން ވަނީ ފަހަތުން އަރައި 2 ގޯލު ޖަހައި މޮޅުވެފައެވެ. މިއީ ޕެޕް ގާޑިއޯލާގެ 16 އަހަރުގެ ދިގު ކޯޗިން ކެރިއަރުގައި ކުޅުނު 898 މެޗުގެ ތެރެއިން ޖެހިޖެހިގެން 4 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މެންޗެސްޓަރ ސިޓީ 2006 ގެ ފަހުން ޖެހިޖެހިގެން 4 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި މެންޗެސްޓަރ ސިޓީއިން ފަހަކަށް އައިސް ހޯދާފައިވާ ކާމިޔާބީގެ މޭސްތިރިޔަކީ ގާޑިއޯލާއެވެ. އެހެންކަމުން މިއީ 2025 ގައި ކޮންޓްރެކްޓް ހަމަވާ ގަޑިއޯލާގެ ކޮންޓްރެކް އައު ކުރުން ބޯމަތި ވެފައިވާ މި ދަނޑިވަޅުގައި ޓީމަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. އަދި މިއީ ޕްރީމިއަރ ލީގުން ސިޓީއާދެކޮޅަށް 115 ދަޢުވާ ކުރަމުންގެންދާ ދަނޑިވަޅެއްގައި އެޓީމުގެ މުސްތަޤުބަލާމެދުގައި ސުވާލުއުފެދޭވަރުގެ ނަތީޖާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންޗެސްޓަރ ސިޓީގެ ދަށް ނަތީޖާތަކުގެ އިތުރުން އެޓީމުގެ އަނިޔާގެ ލިސްޓްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޓީމުގެ ފުރަތަމަ އެގާރާއިގެ މުހިންމު ކުޅުންތެރިންކަމުގައިވާ ޑިފެންޑަރ ސްޓޯންސް އާއި ޑިފެންޑަރ ރޫބެން ޑިއާޒް އަދި ޑިފެންޑަރު އޮސްކާ ބޮބް ގެ އިތުރުން ގްރީލިޝް އާއި ސިޓީގެ އެންމެ މޮޅުކުޅުންތެރިޔާ އަދި ބެލަންޑިއޯ ކާމިޔާބުކުރި ރޮޑްރީ ވެސް ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. އެހެންކަމުން މި ނަތީޖާއަކީ ސިޓީގެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުން ފަދަ ނަތީޖާއެކެވެ.

ފަހަކަށް އައިސް ޕްރީމިއަރ ލީގުގައި އެންމެ ކާމިޔާބު ކުލަބު ސިޓީއިން ވަނީ ގާޑިއޯލާ ހަވާލުވިފަހުން 7 އަހަރު ތެރޭގައި 6 ފަހަރު ލީގު ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިއީ ލީގުގައި ސިޓީއިން ހޯދާފައިވާ ކާމިޔާބީތައް ގިނަކަމުން އެޓީމުން އިތުރަށް ހޯދާނެ ކާމިޔާބެއް ނެތުމުން ކުލަބަށް ކުރިމަތިވެގެން އުޅޭ ޙާލަތެއްކަމުގައި ގިނަބަޔަކު ދެކެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 4 ދުވަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 4 ދުވަސް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 18 ދުވަސް ކުރިންކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 18 ދުވަސް ކުރިން