logo
MPL

MPL

ދުނިޔެ

ގާޒާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން ޤަޠަރުން ހުއްޓައިލައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
10 ނޮވެމްބަރު 2024 - 07:08
ގާޒާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން ޤަޠަރުން ހުއްޓައިލައިފި

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ބާއްވަމުންދާ މަަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުން ޤަޠަރުން ހުއްޓައިލާފައިވާ ކަން އިޢުލާނު ކޮށްފިއެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާއިން  ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މެދުވެރިކަމުގެ މަސައްކަތް މެދުކަނޑާލާފައިވަނީ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބޭތީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ގޮތުގައި ބައިވެރިވަނީ ޤަޠަރުގެ އިތުރުން މިޞްރުންނެވެ. ޔަހޫދީންގެ ޤަތުލުޢާންމުތަކުގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ދަނީ ނަމެއްގައި މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ. މަޝްވަރާތައް މި ވަގުތު މެދުކެނޑިފައި އޮތީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާތީއެވެ.

ޤަޠަރުގެ ވެރިރަށް ދަވްޙާގައި ހުންނަ ޙަމާސްގެ ސިޔާސީ ގޮފީގެ އޮފީސް ބަންދު ކުރަން އެމެރިކާއިން ޤަޠަރުގެ ސަރުކާރަށް ބާރުއަޅަމުންދާ ކަމަށް ބުނެ، ކޮށްފައިވާ ރިޕޯޓުތަކަށް ވެސް ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ރައްދު ދީފައެވެ. އެ ވުޒާރާއިން ބުނީ، ދަވްޙާގައި ތިއްބެވި ޙަމާސްގެ އިސްވެރިންނާއި، އެ ރަށުގައި ހުރި ޙަމާސްގެ އޮފީހުގެ ކުރިމަގާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ދޮގު މަޢުލޫމާތެއް ކަމުގައެވެ.

ޤަޠަރަކީ އެމެރިކާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ. މެދުއިރުމަތީގެ ޤައުމެއްގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަނީ ވެސް ޤަޠަރުގައެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންގެ އަދި ހަތިޔާރު އެޅި ޖަމާޢަތްތަކާއި ހުޅަނގާ ދެމެދު އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޤަޠަރުން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ޓެރަރިސްޓް ޙަމަލާއެއްގައި ފަލަސްޠީނުގެ ޒުވާން ގޯލްކީޕަރަކު ޝަހީދުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންއިޒްރާއީލުގެ ޤަތުލުއާންމު ކުއްވެރިކޮށް ޣައްޒާއަށް އެހީ ވެއްދުމުގެ ހުއްދަ ދިނުމަށް ހެމިލްޓަން ގޮވާލައިފިކުޅިވަރު | ގަޑިއިރެއް ކުރިންފަލަސްތީނު ޓީވީ ޗެނަލެއްގެ ފަސް ނޫސްވެރިއަކު ޝަހީދު ކޮށްލައިފި ދުނިޔެ | 2 އަހަރު ކުރިންޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެ: އދދުނިޔެ | 2 އަހަރު ކުރިން