logo
ޚަބަރު

ބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން މައާފަށް އެދިއްޖެ

އާމިނަތު ޝަފާ
10 ނޮވެމްބަރު 2024 - 14:12
ބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން މައާފަށް އެދިއްޖެ

މިއަހަރުގެ ބޮޑީ ބިލްޑިން މުބާރާތާއި ގުޅިގެން ގިނަ ބޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާފަށް އެދިއްޖެއެވެ.

މައާފަށް އެދި ނެރުނު ބަޔާނުގައި ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ބުނީ އެ މުބާރާތް ހޮސްޓްކުރުމުގެ ފުރުސަތު ހޯދަން މަސައްކަތް ކުރީ ރާއްޖޭގެ ޕްރޮފައިލް ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަ ކުރުމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާ އާއި ޓޫރިޒަމަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތް ބޭއްވުމަށް ވަރަށް ދުރާލައި މަސައްކަތްކޮށްފައިވާކަމަށާއި މި ފުރުސަތަކީ އެހެން ގައުމުތަކާއި ވާދަކޮށް ލިބުނު ފުރުސަތެއް ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

"ވޯލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ފެޑެރޭޝަނާ މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށް ފަހު، ދިވެހިރާއްޖޭގައި މި މުބާރާތް ބޭއްވުން ކެންސަލްކޮށްފި ނަމަ، ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ޖުމްލަ ގޮތެއްގައި ރާއްޖެއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށް ފަހު މި އެސޯސިއޭޝަނުގެ ފަރާތުން މި މުބާރާތް ބޭއްވުމަށް ނިންމީ އެވެ".

އެ އެސޯސިއޭޝަނުގެ ބަޔާނުގައިވަނީ މި މުބާރާތް ބާއްވާފައި ވަނީ އާންމުން ދިރިނޫޅޭ، އަދި ޓޫރިސްޓުން ރާއްޖެ އައިސް އެ މީހުންގެ ވައްޓަފާޅިއާ އެއްގޮތަށް އުޅުމުގެ ފުރުސަތު ދިނުމަށް ހުއްދަ ދީފައިވާ ކެނެރީފް ރިސޯޓުގައި ކަމަށް ބުނެފައެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ މުބާރާތް ރައީސްގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން ދިން އިރުޝާދުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ މުބާރާތާ ގުޅިގެން ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން ރައީސްއާއި ދިވެހި ރައްޔިތުން ކިބައިން މާފަށް އެދޭ ކަމަށެވެ.

އަދި މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބަޔާނުގައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކުރެވޭ ގޮތް ހަދައިފިޚަބަރު | 2 މަސް ކުރިން5 ވަޒީރުންނާ އެކު މާދަމާ ރޭ އަހާ ފޯރަމް ބާއްވަނީޚަބަރު | 7 މަސް ކުރިންއިސްރާއީލުން ރާއްޖެއަށް ނެރެފައި އޮތް އެޑްވައިޒަރީ ލެވެލް މަތިކޮށްފި ޚަބަރު | 9 މަސް ކުރިންކުރިމަގުގެ ލީޑަރުން އުފެއްދުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 9 މަސް ކުރިން