logo
ޚަބަރު

5 ވަޒީރުންނާ އެކު މާދަމާ ރޭ އަހާ ފޯރަމް ބާއްވަނީ

މީގެ ކުރިން ބޭއްވުނި "އަހާ" ފޯރަމްއެއްގެ ތެރެއިން
މީގެ ކުރިން ބޭއްވުނި "އަހާ" ފޯރަމްއެއްގެ ތެރެއިން

ފަސް ވަޒީރުންނާ އެކު މާދަމާ އަހާ ފޯރަމް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ފޯރަމް އޮންނާނީ މާދަމާ ރޭ 9:00 ގައއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާދަމާ ރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގަންނަވާ ފަސް ވަޒީރުންނަކީ، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތް ޝިހާމް، މަތީ ތައުލީމާއި މަސައްކަތްތެެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ޢަހުމަދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު، އިގްތިސާދީ ތަރައްގީއާއި ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، އަދި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.

މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.

މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.

މި ފޯރަމް މެންދުރު ޓީވީއިން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކުރެވޭ ގޮތް ހަދައިފިޚަބަރު | 2 މަސް ކުރިން5 ވަޒީރުންނާ އެކު މާދަމާ ރޭ އަހާ ފޯރަމް ބާއްވަނީޚަބަރު | 7 މަސް ކުރިންއިސްރާއީލުން ރާއްޖެއަށް ނެރެފައި އޮތް އެޑްވައިޒަރީ ލެވެލް މަތިކޮށްފި ޚަބަރު | 9 މަސް ކުރިންބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން މައާފަށް އެދިއްޖެ ޚަބަރު | 10 މަސް ކުރިން