logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުން ރާއްޖެއަށް ނެރެފައި އޮތް އެޑްވައިޒަރީ ލެވެލް މަތިކޮށްފި

އާމިނަތު ޝަފާ
6 ޑިސެމްބަރު 2024 - 11:21
ފަތުރުވެރިންތަކެއް//
ފަތުރުވެރިންތަކެއް//

އިސްރާއީލުން ރާއްޖެއަށް ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގެ ލެވެލް 3 އަށް މަތިކޮށްފިއެވެ.

ރާއްޖޭގެ އިތުރުން އަރުމީނިއާއަށް ނެރުނު އެޑްވައިޒަރީ ލެވެލްވެސް ވަނީ 3 އަކަށް މަތިކޮށްފައެވެ. އެހެންނަމަވެސް ބްރެޒިލްއަށް ނެރުނު އެޑްވައިޒަރީ ލެވެލް ވަނީ ދަށްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިންނަކީ ހަރުކަށި އަދި ޓެރަރިޒަމަށް ތާއީދު ކުރާ ފަރާތްތައްކަމަށް ސިފަކޮށް އިސްރާއީލުން ބުނީ ރާއްޖޭގައި އިސްރައީލުގެ ރައްޔިތުންނާއި ޔަހޫދީންނާ ދެކޮޅު ފިކުރު އިތުރުވާކަމަށެވެ. އަދި ޒަރޫރީ ބޭނުމަށް ނޫން ގޮތަކަށް ރާއްޖެއަށް އިސްރާއީލުގެ އެއްވެސް ރައްޔިތެއް ދަތުރުނުކުރުމަށް ވަނީ އިންޒާރުދީފައެވެ.

އަރުމޭނިއާ އަށް ނެރެފައިވާ އެލާޓް ލެވެލް މަތިކޮށްފައިވަނީ ވެސް ޔަހޫދީންނަށް ނުރައްކާ އޮތް ކަމަށް ބުނެއެވެ.

ރާއްޖެއަށް އަންނަ ޔަހޫދީ ފަތުރުވެރިންގެ އަދަދުވެސް ވަނީ މިހާރު ވަރަށް ބޮޑުތަން މަދުވެފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ފަލަސްތީނުގައި ޔަހޫދީން ހިންގާ ގަތުލުއާއްމު ހުއްޓާލުމަށް އަޑުއުފުލައި އަދި ބައިނަލްއަގްވާމީ އެކި ޕޯޑިއަމްތަކުގައި ފަލަސްތީނުގެ ދިފާއުގައި ވަކާލާތުކުރަމުންނެވެ.

މީގެ އިތުރުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށްވެސް ސަރުކާރުން އަންނަނީ ގައުމީ ފެންވަރުގެ އެކި އިވެންޓްތައް ބާއްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކުރެވޭ ގޮތް ހަދައިފިޚަބަރު | 4 މަސް ކުރިން5 ވަޒީރުންނާ އެކު މާދަމާ ރޭ އަހާ ފޯރަމް ބާއްވަނީޚަބަރު | 8 މަސް ކުރިންއިސްރާއީލުން ރާއްޖެއަށް ނެރެފައި އޮތް އެޑްވައިޒަރީ ލެވެލް މަތިކޮށްފި ޚަބަރު | އަހަރެއް ކުރިންބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން މައާފަށް އެދިއްޖެ ޚަބަރު | އަހަރެއް ކުރިން