logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިމަގުގެ ލީޑަރުން އުފެއްދުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އާމިނަތު ޝަފާ
3 ޑިސެމްބަރު 2024 - 10:28
މިނިސްޓަރ ރާފިއު ، ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީއާ ބައްދަލުކުރައްވަނީ
މިނިސްޓަރ ރާފިއު ، ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީއާ ބައްދަލުކުރައްވަނީ

ކުރިމަގުގެ ލީޑަރުން އުފެއްދުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން "ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ"އާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފިއެވެ.

ކުޅިވަރު ވުޒާރާގައި "ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ" އާ ކުޅިވަރު ވަޒީރު ބައްދަލުކުރައްވާ ވަނީ ސަރުކާރުން ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި މީގެ އިތުރުން މިހާތަނަށް ޒުވާނުންނަށް ފަހިވެފައިވާ ފުރުސަތުތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން ބާރުވެރިކުރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި "ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ"ގެ ޗެއާމަން ދާއޫދު އަޙުމަދު ވަނީ މިވޭތުވެދިޔަ ތިން މަސް ދުވަހު އެ ކޮމިޓީގެ ފަރާތުން ކުރެއްވި މަސައްކަތްތައް ހިއްސާކުރެއްވި އެވެ. އަދި ކުޅިވަރު ވުޒާރާއާ ގުޅިގެން ޒުވާނުން ބާރުވެރި ކުރުވައި، ކުރިމަގުގެ ލީޑަރުން އުފެއްދުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.

"ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ" އެކި ދާއިރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމަށް ލަފާ އެރުވުމަށް ރައީސް އުފެއްދެވި ކޮމިޓީ އެކެވެ. މި ކޮމިޓީގައި އެކި ދާއިރާތަކުން 15 މެންބަރުން ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ކުޅިވަރު އައު އުސްމިނަކަށް ގެންދިޔުމަށް ވަަން ގޭމްގެ ފަހި ދަތުރު: ކުޑަ އިވެންޓަކުން ވަރުގަދަ ބްރޭންޑަކަށްރިޕޯޓް | 2 މަސް ކުރިންސަޕޯޓުކުރަންވީ ހަމައެކަނި ސީނިއަރ ޓީމަށް ހެއްޔެވެ؟ރިޕޯޓް | 2 މަސް ކުރިންބަހަނާތައްދައްކައިގެން މިފަހަރުގެ ވޯލްޑް ކަޕަށް ދާ ޕޯޗުގަލް ޓީމުން ރޮނާލްޑޯ ބާކީ ކޮށްލުމުގެ މަސައްކަތް ފަށައިފިކުޅިވަރު | 5 މަސް ކުރިންކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ތައިލެންޑާއެކު ސޮއިކޮށްފި ކުޅިވަރު | 6 މަސް ކުރިން