ޚަބަރު
މުހައްމަދު މޫސާ



ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯ ޑްރަގް އަތުލައިގެންފި


11 ނޮވެމްބަރު 2024 - 15:50
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯ ޑްރަގް އަތުލައިގެންފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ޑްރަގް ފުލުހުން އަތުލައިގެންފައި ވަނީ ކަސްޓަމްސްއާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކުރުމަށް ފަހުއެވެ.
މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކަސްޓަމްސް ގުޅިގެން އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.280 ކިލޯއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަަމަށެވެ.މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އިތުރު ލިޔުންތައް

ކަމަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި
5 މަސް ކުރިން
ވަގަށް ނަގާފައިވާ 2 މިލިއަނެއްހާ ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި
4 މަސް ކުރިން
ވައްކަމާއި، ޚިޔާނާތާއި މަސްތުވާކެތީގެ މައްސަލަ ރިޕޯޓް ކުރި އަދަދު ދަށަށް
4 މަސް ކުރިން