logo
E-Platinum
ޚަބަރު

ކަމަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

އަޙްމަދު ޒަލީފް
26 ނޮވެމްބަރު 2024 - 16:10
ކަމަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ބ. ކަމަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޢަލީ ޝުޖާއު އާއި ކަމަދޫ ކައުންސިލު ރައީސް ހަސަން ޒަރީރު އެވެ.

ކަމަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ސީޕީ ޝުޖާޢު ވިދާޅުވީ މިއަދަކީ ކަމަދޫގެ ރައްޔިތުންނަށާއި ކަމަދުއަށް ޒިޔާރަތްކުރާ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕޮލިސް ޕޯސްޓު ގާއިމުކުރެވިގެންދިޔަ ތާރީހީ ދުވަސް ކަމަށެވެ.

އަދި ކަމަދު އަކީ އިޖުތިމާއީ ގުޅުން ގާއިމު، ކުށްމަދު ރަށެއް ކަމަށާއި ކަމަދޫ ޕޮލިސް ޕޯސްޓަކީ ރަށުގައި އިތުރަށް ކުށް ވިޔަނުދިނުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދު ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުގެ ރައްޔިތުންނާ ގުޅިގެން، ކުށް ވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށާއި ކުށް އުފެދުމުގެ ކުރިން، ކުށް އުފެދުމަށްހުރި ހުރަސްތައް ނައްތައިލުމަށް މަސައްކަތްކުރުމަށާ އަދި ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން ކަމަދޫއިން ފެނިގެން ދިއުން އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 2 މަސް ކުރިންހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިން ސްކޭމުގެ މައްސަލަތަކަށް ހައްލުހޯދަން ޚާއްސަ ސެންޓަރެއް ގާއިމުކޮށްފިޚަބަރު | 4 މަސް ކުރިން