logo
MPL

MPL

ޚަބަރު

ވައްކަމާއި، ޚިޔާނާތާއި މަސްތުވާކެތީގެ މައްސަލަ ރިޕޯޓް ކުރި އަދަދު ދަށަށް

ފުލުހުންގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނީ--ފޮޓޯ:މެންދުރު
ފުލުހުންގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނީ--ފޮޓޯ:މެންދުރު

ފުލުހުން އާންމުކުރި 2024 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ ކުށްތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު ވައްކަމާއި، ޚިޔާނާތް އަދި މަސްތުވާކެތީގެ މައްސަލަ ރިޕޯޓް ކުރި އަދަދު ވަނީ ދަށްވެފައެވެ.

2023 ވަނަ އަހަރު 3817 ވަށްކަން ރިޕޯޓް ކުރެވިފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު 3751 އަށް ވަނީ ދަށްވެފައެވެ. ޚިޔާނާތުގެ މައްސަލަަތަކާއި ގުޅިގެން ކުރެވުނު ރިޕޯޓްތައް ވަނީ 758 އިން 654 އަށް ދަށްވެފައެވެ. އަދި ޑްރަގްސްގެ މައްސަލަ ވަނީ 1752 އިން 1662 އަށް ދަށްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ޓްރެފިކް އެކްސިޑެންޓްތައް ރިޕޯޓް ކުރެވުނު އަދަދު ވަނީ 2300 އިން 2867 އަށް އިތުރުވެފައެވެ.

2024 ވަނަ އަހަރު ރިޕޯޓް ކުރެވުނު އިތުރު ކުށްތަކުގެ ތެރޭގައި،

  1. ގެވެށި އަނިޔާ - 248 މައްސަލަ
  2. ފޭރުން - 504 މައްސަލަ
  3. ގެއްލުނު ތަކެތި - 1028 މައްސަލަ
  4. ޖިންސީ ކުށްތައް - 316 މައްސަލަ
  5. މާރާމާރީ ހިންގުން - 711
  6. ޗެކް ބައުންސް - 7 މައްސަލަ
  7. ވޭންޑަލިސަމް - 665 މައްސަލަ
  8. ކައުންޓަރފިޓް އަދި ފޯރޖަރީ - 166 މައްސަލަ

 

ކުށްތައް މަދުކުރުމުގެ ގޮތުން ފުލުހުން ދަނީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. މި ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައްވެސް ކުރަމުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެނުއަލް ޕޮލިސިން ކޮންފަރެންސް ފަށައިފިޚަބަރު | 7 ދުވަސް ކުރިންރާއްޖޭގެ ރިސޯޓެއްގައި އެއްޖިއްސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުން - މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށްޓަައިފިޚަބަރު | 9 ދުވަސް ކުރިންމާލެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިޚަބަރު | 13 ދުވަސް ކުރިން ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ފުލުހުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީޚަބަރު | 2 މަސް ކުރިން