ޚަބަރު
އާމިނަތު ޝެލީ މުޙައްމަދު ފާއިޒު



ވަގަށް ނަގާފައިވާ 2 މިލިއަނެއްހާ ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި

ވަގަށް ނެގުނު ތަކެތި--ފޮޓޯ:މޯލްޑިވްސް ޕޮލިސް ސަރވިސް
އާމިނަތު ޝެލީ މުޙައްމަދު ފާއިޒު02 ޖެނުއަރީ 2025 - 05:31
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލޭގެ ގެއަކުން ވަގަށް ނެގި ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދާ އޭގެ ވެރިފަރާތާއި ޙަވާލުކޮށްފިއެވެ.
ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ބާވަތްތަކާއި، ފައިސާއެވެ. މިީގެ ތެރޭގައި އެކި އެކި ފޯނުތައް، ލެޕްޓޮޕް، ބައިވަރު ކެމެރާ، ގިނަ އަދަދެއްގެ ޑޮލަރާއި، އެހެން ބޭރު ފައިސާ ހިމެނެއެވެ. އަދި މިނޫންވެސް އެކި އެކި އަގުބޮޑު ސާމާނު ހިމެނެއެވެ.

މިތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުންނެވެ.
އިތުރު ލިޔުންތައް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯ ޑްރަގް އަތުލައިގެންފި
އަހަރެއް ކުރިން
ކަމަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި
އަހަރެއް ކުރިން
ވައްކަމާއި، ޚިޔާނާތާއި މަސްތުވާކެތީގެ މައްސަލަ ރިޕޯޓް ކުރި އަދަދު ދަށަށް
އަހަރެއް ކުރިން


