މި ސަރުކާރު އައި ފަހުން 333 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި


13 ނޮވެމްބަރު 2024 - 17:48
މި ސަރުކާރުގެ އެއް އަހަރުތެރޭ 333 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، "ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17ގެ ފަހުން 183 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ.
އެ މުއްދަތުގައި އަތުލައިގަތް ޑްރަގްގެ އަގު ގާތްގަނޑަކަށް 333 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފައްޓާފައިވާ "އޮޕަރޭޝަން ކުރަންގި"ގެ ދަށުން 10،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ވެސް މިނިސްޓަރު އިހްސާން ވަނީ މިރޭ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު އިޙްސާން ޗައިނާގައި
9 މަސް ކުރިން
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރިސޯޓުތަކުގައި ވެސް ވޭޕް ބޭނުންކުރުން މަނާ ވާނެ
7 މަސް ކުރިން
ސްޓޭޝަންތައް އަަޅަން އިންދިރާއަށް 3 މިލިއަން ޑޮލަރު ދިން، ޢަމަލީ މަސައްކަތެއް ފެންނަން ނެތް
7 މަސް ކުރިން