ޓޫރިޒަމް މިނިސްޓްރީގެ އާއިލީ ހަވީރު މާދަމާ ހުޅުމާލޭގައި
14 ނޮވެމްބަރު 2024 - 14:22
ފަތުވެރިކަމުގެ ވުޒާރާއިން ބާއްވާ ޢާއިލީ ހަވީރެއް މާދަމާ ހުޅުމާލޭގައި ފޭސް އެކެއްގައި ބާއްވަން ނިންމައިފިއެވެ.
މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1، ދިރާގު އެންޓެނާއާ ދިމާ ބީޗް ސަރަހައްދުގައެވެ.
—
ފަތުރުވެރިިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ވޭތުވެދިޔަ އެއް އަހަރުތެރޭ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާސިލްކޮށްފައިވާ ކާމީިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޢާއިލާ ހަވީރެކެވެ. މި ޢާއިލީ ހަވީރުގެ ހަރަކާތްތައް އިންތިޒާމްކޮށްފައިވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށެވެ. މިހަވީރުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައިގަނޑު ތީމަކީ ގުދުރަތީ ވެއްޓާއި ކަނޑެވެ. އެގޮތުން މިތީމަށް ކުރެހުމާއި، ކްރާފްޓް އެކްޓިވިޓީތަކާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރާ ހަރަކާތްތައް މިހަވީރުގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން ބަނާނާ ބޯޑާއި، ޖެޓް ސްކީ އާއި ފަން ޓިއުބް ހަރަކާތްވެސް ކުރިއަށް ގެންދާނެއެވެ.