logoEN
ކުޅިވަރު

ވޯލްޑް ކަޕް ކޮލިފިކޭޝަން ކޮންމެބޯލް – ބްރެޒިލް އާއި ވެނެޒުއޭލާ ކުޅުންމެޗުން އެއްވަރު

ވެނެޒުއޭލާގެ ކީޕަރު ރޮމޯ ވިނީޝިއަސް އަތުން ބޯޅަ ހޯދަނީ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެނެޒުއޭލާގެ ކީޕަރު. ފޮޓޯ: ސްޕޯޓިން ނިއުސް

ވެނެޒުއޭލާގެ ކީޕަރު ރޮމޯ ވިނީޝިއަސް އަތުން ބޯޅަ ހޯދަނީ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެނެޒުއޭލާގެ ކީޕަރު. ފޮޓޯ: ސްޕޯޓިން ނިއުސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

15 ނޮވެމްބަރު 2024 - 03:28

ވޯލްޑްކަޕޮ ކޮލިފިކޭޝަންގައި ރޭގައި ބްރެޒިލް އާއި ވެނެޒުއޭލާ ބައްދަލުކުރި މެޗުން 1-1 އިން އެއްވަރު ވެއްޖެއެވެ. މި މެޗަށް ވެނެޒުއޭލާ ކުރިމަތިލިއިރު އެޓީމު ބްރެޒިލް އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 9 މެޗުން މޮޅުވެފައި ނުވެއެވެ. އަދި އެޓީމު އެންމެ ފަހުން ކުޚުނު ފަސް މެޗުން އެންމެ މެޗަކުންވެސް މޮޅުވެފައި ނުވެއެވެ.

މި މެޗުގައި ބްރެޒިލްގެ ހަމައެކަނި ގޯލު ޖެހީ މި ސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ބާސެލޯނާގެ ރަފީނިޔާ ޖެހި ރީތި ހިލޭޖެހުމަކުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅެން ނިކުތް ވެނެޒުއޭލާގެ ޓަލެސްކޯ ދެވަނަ ހާފު ފަށައިގެން އެންމެ 40 ސިކުންތުގައި ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަ ކޮށްދީފައެވެ. އަދި މެޗުގެ 62 ވަނަ މިނެޓުގައި ވިނީޝިއަސް ޖެހި ޕެނަލްޓީ އެއްވެސް ވަނީ ވެނެޒުއޭލާ ގެ ކީޕަރު ދިފާއުކޮށްފައެވެ.

މެޗުގެ ނިމެންދަނިކޮށް ވިނީޝިއަސް އަށް ކުރި ފައުލާކާ އި ގުޅިގެން ދެވަނަ ހާފުގައި ކުޅެން ނިކުތް ގޮންޒާލެޒް އަށް ވަނީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ނަތީޖާއާއެކު ވޯލްޑްކަޕް ކޮލިފިކޭޝަން ދެކުނު އެމެރިކާ ގްރޫޕްގެ 3 ވަނައިގައި އޮތީ ބްރެޒިލް އެވެ. އަދި ވެނެޒުއޭލާ އޮތީ ތާވަލުގެ 7 ވަނައިގައެވެ. ވޯލްޑްކަޕް ކޮލިފިކޭޝަންގައި ބްރެޒިލް ދެން ނިކުންނާނީ މި މަހުގެ 20 ވަނަ ދުވަހު ރާއްޖެގަޑިން ފަތިހު 5:45 ގައި ވާދަވެރި އުރުގުއޭ އާއި ދެކޮޅަށެވެ.

ކޮމެންޓް

871x217_placeholder