އަނިޔާގެ ސަބަބުން ނޭމާ ސްކޮޑުން ބާކީކޮށް ބަދަލުގައި އެންޑްރިކް ސްކޮޑުގައި ހިމަނައިފި
.png&w=3840&q=75)
އަނިޔާގެ ސަބަބުން ނޭމާ ސްކޮޑުން ބާކީކޮށް ބަދަލުގައި އެންޑްރިކް ސްކޮޑުގައި ހިމަނައިފި. ފޮޓޯ: ގޫގަލް

15 މާރިޗު 2025 - 05:25
ބްރެޒިލްގެ ޤައުމީ ޓީމުގެ ތަޖުރިބާކާރު ފޯވަޑް ނޭމާ ޖޫނިއާ އަނިޔާގެ ސަބަބުން ބްރެޒިލްގެ ސްކޮޑުން ބާކީކޮށް، އޭނާގެ ބަދަލުގައި 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ އެންޑްރިކް ވަނީ ޤައުމީ ޓީމަށް ނަގައިފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި އާޖެންޓީނާ އަދި ކޮލަމްބިއާއާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން ނޭމާ ބާކީކޮށްފައި މިވަނީ، 17 މަސްދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ޤައުމީ ޓީމަށް ނެގިތާ އެންމެ ހަ ދުވަސް ތެރޭގައެވެ. ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ މި ކުޅުންތެރިޔާ އެންމެ ފަހުން ޤައުމީ ޓީމަށް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
ކޯޗު ޑޮރިވޯލް ޖޫނިއާ އެކުލަވާލި އައު ސްކޮޑުގައި ހިމެނޭ އެންޑްރިކްއަކީ ޤައުމީ ޓީމަށް މިހާތަނަށް ގޯލެއް ޖަހާފައިވާ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭނާގެ ފުރަތަމަ ޤައުމީ މެޗުގައި މިދިޔަ އަހަރުގެ މާޗު މަހު އިނގިރޭސިވިލާތާއި ސްޕެއިނާ ދެކޮޅަށް ގޯލު ޖަހާފައިވާއިރު، މިހާތަނަށް ކުޅެފައިވާ 13 މެޗުގައި ތިން ގޯލު ވަނީ ޖަހާފައެވެ.
ސްޕެއިންގެ ކުލަބު ރެއާލް މެޑްރިޑަށް ކުޅޭ އެންޑްރިކްއަށް ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ލިބޭ މަދު ވަގުތުކޮޅުގައި މުހިންމު ގޯލުތައް ޖަހަމުންދާކަން ފާހަގަކުރެވެއެވެ. މި ގޮތުން މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު 28 މެޗުގައި އޭނާ ވަނީ ހަ ގޯލު ޖަހާފައެވެ
އިތުރު ލިޔުންތައް
.png&w=3840&q=75)
ނޭމާ އާއި އެންޑްރިކް ބްރެޒިލްގެ ސޮކޮޑުން ބާކީކޮށްފި.
8 މަސް ކުރިން
ވޯލްޑް ކަޕް ކޮލިފިކޭޝަން ކޮންމެބޯލް – ބްރެޒިލް އާއި ވެނެޒުއޭލާ ކުޅުންމެޗުން އެއްވަރު
8 މަސް ކުރިން
ނޭމާ އަލުން އަނބުރާ ޤައުމީ ޓީމަށް
4 މަސް ކުރިން