logo
ކުޅިވަރު

ނޭމާ އަލުން އަނބުރާ ޤައުމީ ޓީމަށް

އަބްދުﷲ ޣާނިމް
7 މާރިޗު 2025 - 12:08
ދެއަހަރެއެްހާދުވަހު ޤައުމީ ޓީމާއި ދުރުގައި ހުރުމަށްފަހު ނޭމާ ވަނީ އަލުން ބްރެޒިލްގެ ސްކޮޑް އަށް ނަގާފައި. ފޮޓޯ: : ބީ.ބީ.ސީ
ދެއަހަރެއެްހާދުވަހު ޤައުމީ ޓީމާއި ދުރުގައި ހުރުމަށްފަހު ނޭމާ ވަނީ އަލުން ބްރެޒިލްގެ ސްކޮޑް އަށް ނަގާފައި. ފޮޓޯ: : ބީ.ބީ.ސީ

ބްރެޒިލްގެ ޤައުމީ ޓީމާ 17 މަސްދުވަހުގެ ދިގު މުއްދަތަކަށް ދުރުގައި ހުރުމަށްފަހު، ތަޖުރިބާކާރު ފޯވާޑް ނޭމާ އަލުން އަނބުރާ ޤައުމީ ޓީމަށް ނަގައިފިއެވެ.

މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު ބޮޑު އަނިޔާއަކަށްފަހު ނޭމާ ޤައުމީ ޓީމަށް ނެގުނު ފުރަތަމަ ފަހަރެވެ.އަނިޔާއިން އާރާސްތުވުމަށްފަހު ސައުދީ އަރަބިއްޔާގެ އަލް ހިލާލާ ގުޅުނު ނޭމާއަށް އެ ކްލަބުގައި އެދެވޭ ކުޅުމެއް ދެއްކިފައިނުވުމާ ގުޅިގެން، ދެފަރާތުން އެއްބަސްވެ އެއްބަސްވުން އުވާލުމަށްފަހު، މިހާރު އޭނާ ވަނީ އޭނާގެ ކުޑައިރުގެ ކްލަބް ސަންޓޯސްއާ ގުޅިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަންޓޯސް އަށް ބަދަލުވިފަހުން ނޭމާ ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދައްކާފައެވެ.ހަ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަންޓޯސްއާ ގުޅުނު ނޭމާ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅުމުގެ އުންމީދުގައި ޔޫރަޕްގެ ކްލަބަކާ ގުޅުމުގެ ވިސްނުން ހުރި ކަމަށް ބުނެފައެވެ. އުމުރުން 33 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ސަންޓޯސްއަށް މިހާތަނަށް ކުޅުނު ހަތް މެޗުގައި ތިން ލަނޑު ޖަހައި، އިތުރު ތިން ލަނޑު ޖެހުމުގެ ފުރުސަތު އެހެން ކުޅުންތެރިންނަށް ތަނަވަސްކޮށްދީފައެވެ.ބްރެޒިލްގެ ޤައުމީ ޓީމަށް 128 މެޗު ކުޅެ، 79 ލަނޑު ޖަހާފައިވާ ނޭމާއަކީ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ދެވަނަ ކުޅުންތެރިޔާއެވެ. އޭނާއަށްވުރެ ގިނައިން ޤައުމީ ޓީމަށް ކުޅެފައިވަނީ 142 މެޗު ކުޅުނު ކުރީގެ ކެޕްޓަން ކަފޫއެވެ. ނޭމާގެ 79 ލަނޑަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭއަށްވުރެ ދެ ލަނޑު އިތުރު އަދަދެކެވެ.ވޯލްޑްކަޕް ކޮލިފައިންގ ތެރޭގައި މި މަހުގެ 21 ވަނަ ދުވަހު ކޮލަމްބިއާއާ ދެކޮޅަށް ކުޅުމަށްފަހު، ފަސް ދުވަސް ފަހުން ބްރެޒިލް ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާއެވެ. މިވަގުތު ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގ ޕޮއިންޓް ތާވަލުގެ ފަސްވަނަ ހިސާބުގައި އޮތް ބްރެޒިލްއަށް 12 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެޒިލް ފަސޭހަކަމާއެކު މޮޅުވިއިރު، މެސީ އާޖެންޓީނާގައި ކުޅޭ އެންމެ ފަހުމެޗުގައި މޮޅުކުޅުންތެރިޔާކަމަށްކުޅިވަރު | 3 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 13 ދުވަސް ކުރިންއައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފިކުޅިވަރު | 13 ދުވަސް ކުރިން2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލްއަށް ބައިވެރިވެވިދާނެކަމާމެދު ސުވާލުއުފެދިއްޖެކުޅިވަރު | މަހެއް ކުރިން