logo
ކުޅިވަރު

އާދަކާދައިގެ މަތީން ދައްތަގެ އުފަންދުވަހާއި ދިމާކޮށް ނޭމާއަށް އަނިޔާވެއްޖެ

އަބްދުﷲ ޣާނިމް
11 މާރިޗު 2025 - 06:39
ނޭމާގެ ދައްތަގެ އުފަންދުވަހާއި ދިމާކޮށް އަނެއްކާވެސް ނޭމާ އަށް ވަނީ އަނިޔާވެފައި. ފޮޓޯ: ޓޯކް ސްޕޯރޓްސް
ނޭމާގެ ދައްތަގެ އުފަންދުވަހާއި ދިމާކޮށް އަނެއްކާވެސް ނޭމާ އަށް ވަނީ އަނިޔާވެފައި. ފޮޓޯ: ޓޯކް ސްޕޯރޓްސް


ބްރެޒިލްގެ ސްޓްރައިކަރު ނެއިމާ ޖޫނިއަރ ކޮންމެ އަހަރެއްގެ އޭނާގެ ދައްތަގެ އުފަންދުވަހާއި ދިމާކޮށް އަނިޔާގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ސިލްސިލާއަށް އަނެއްކާވެސް ބޮޅެއް އިތުރުވެއްޖެއެވެ. ނޭމާގެ ދައްތަގެ އުފަންދުވަހަކީ މާރިޗު މަހުގެ 11 ވަނަ ދުވަހެވެ.

އުފަންދުވަހުގެ 1 ދުވަސްކުރިން ސަންޓޯސް އާއި ކޮރިންތިއަންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނެއިމާ ވަނީ ބެންޗުގައި އިނދެ މުޅި މެޗު ނިންމާލާފައެވެ. މި މެޗުން ސަންޓޯސް ވަނީ 2-1 އިން ބަލިވެފައެވެ. މެޗަށްފަހު އިންސްޓަގްރާމް ޕޯސްޓެއް ކުރަމުން ނެއިމާ ބުނެފައިވަނީ "މިއަދު އަޅުގަނޑު ބޭނުންވީ ދަނޑުގައި ކުޅެ، ޓީމަށް އެހީތެރިވާށެވެ. ނަމަވެސް ބުރާސްފަތި ދުވަހު އަޅުގަނޑަށް ތަދެއް އިހުސާސްވެ، މިއަދު ދަނޑަށް ނޭރެވުނީއެވެ. މިއަދު ހެނދުނު ޓެސްޓެއް ހެދުމުން އަނެއްކާވެސް އެ ތަދު އިހުސާސްވިއެވެ" މިހެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާހަގަކޮށްލެވޭ ކަމަކީ ނެއިމާގެ ދައްތަ ރަފައެއްލާގެ އުފަން ދުވަސް އަންނަނީ މާރިޗު 11 ވަނަ ދުވަހުގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ނެއިމާ އަނިޔާވެ ނުވަތަ ސަސްޕެންޑް ވެގެން ކުޅުމުން މަހުރޫމްވެއެވެ.

މިއީ ނެއިމާގެ ކެރިއަރުގައި ފާހަގަކުރެވޭ އެއް ކަމަކަށް ވެފައިވާއިރު، މީގެ ކުރިންވެސް އޭނާގެ ދައްތަގެ އުފަން ދުވަހާ ދިމާކޮށް އަނިޔާވެ ނުވަތަ އެހެން ސަބަބަކާހުރެ ކުޅުމުން މަހުރޫމްވެފައިވެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުންދެއެވެ.
މިއީ 17 މަސްފަހުން ބްރެޒިލްގެ ޤައުމީ ޓީމާއި މިދިޔަ ހަފްތާގައި ގުޅުނު ނޭމާއަށް އަނެއްކާވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު ބޮޑު އަނިޔާއަކަށްފަހު ނޭމާ ޤައުމީ ޓީމަށް ނެގުނު ފުރަތަމަ ފަހަރެވެ.
ވޯލްޑްކަޕް ކޮލިފިކޭޝަންގައި ބްރެޒިލް މިމަހުގެ ފަހުކޮޅުގައި ކޮލަމްބިއާ އައި އާޖެންޓީނާއާއި ދެކޮޅަށް ނިކުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެޒިލް ފަސޭހަކަމާއެކު މޮޅުވިއިރު، މެސީ އާޖެންޓީނާގައި ކުޅޭ އެންމެ ފަހުމެޗުގައި މޮޅުކުޅުންތެރިޔާކަމަށްކުޅިވަރު | 3 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 13 ދުވަސް ކުރިންއައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފިކުޅިވަރު | 13 ދުވަސް ކުރިން2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލްއަށް ބައިވެރިވެވިދާނެކަމާމެދު ސުވާލުއުފެދިއްޖެކުޅިވަރު | މަހެއް ކުރިން