logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުއޭފާ ނޭޝަންސް ލީގު: އިޓަލީ އާއި ފްރާންސް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
15 ނޮވެމްބަރު 2024 - 04:44
އިޓަލީއާއި ފްރާންސް ވަނީ މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައި. ފޮޓޯ: ފުޓްބޯލް ކޮންޑޯ
އިޓަލީއާއި ފްރާންސް ވަނީ މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައި. ފޮޓޯ: ފުޓްބޯލް ކޮންޑޯ

ޔުއޭފާ ނޭޝަންސް ލީގުގައި ރޭގައި އިޓަލީ އާއި ބެލްޖިއަމް ބައްދަލު ކުރިމެޗުން 1-0 އިން އިޓަލީ މޮޅުވެއްޖެއެވެ. މިއާއކު ނިމިދިޔަ ނޭޝަންސް ލީގުގެ ބްރޯންޒް މެޑަލް ހޯދި އިޓަލީ ވަނީ މި ސީޡަންގެ ނޭޝަންސް ލީގުގެ ގްރޫޕް 2 ގެ އެއްނަ ހޯދައި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދާފައެވެ.

ރޭގެ މެޗުގެ އިޓަލީގެ ހަމައެކަނި ގޯލު ޖަހައިދިނީ ގޭމްބްލިންގ މައްސަލައެއްގައި 10 މަސްދުވަހު ސަސްޕެންޝަނުގައި ހުރުމަށްފަހު ޓީމާއި ގުޅުނު ނިއު ކާސަލްގެ ޓޮނާލީއެވެ. ދެވަނަ ހާފުގައި ބެލްޖިއަމް އިން ވަނީ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް އިޓަލީގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފުރުސަތަކީ މެޗު ނިމެން 7 މިނެޓަށް ވެފައި ވަނިކޮށް ޑިފެންޑަރު ވައުޓް ބޮލުން ޖެހި ބޯޅަ ގޯލު ގޯލު ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މޮޅާއެކު މި މުބާރާތުގައި މިހާތަނަށް އިޓަލީއިން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މި ގްރޫޕް ގައި ދެން ހިމެނޭ ޓީމު ތަކަކީ ފްރާންސް އާއި ބެލްޖިއަމްގެ އިތުރުން އިސްރާޢިލް އެވެ. ރޭގެ މެޗުން ބެލްޖިއަމް ބަލިވުމާއެކު އެޓީމު ވަނީ މުބާރާތުން އަލްވަދާޢު ކިޔާފައެވެ. އަދި ރޭގައި ފްރާންސް އާއި އިސްރާއިލް ކުޅުނު މެޗު އެއްވަރުވެ ފްރާންސް ވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުބާރާތުން އިސްރާޢީލް ވަނީ ކަޓާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒިދާން ފްރާންސްގެ ޤައުމީ ޓީމާއި ހަވާލުވަނީކުޅިވަރު | މަހެއް ކުރިންއެމްބާއްޕޭ އޮންރީއާއި އަރާހަމަކުރިއިރު، އިޓަލީއަށް ފަސޭހަ މޮޅެއްކުޅިވަރު | މަހެއް ކުރިންއެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީކުޅިވަރު | 3 މަސް ކުރިންއިޓަލީގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގަޓޫސޯކުޅިވަރު | 4 މަސް ކުރިން