މާލޭގައި ހުތުބާ ވިދާޅުވާ ބޭފުޅުންގެ ލިސްޓް މުރާޖާ ކުރަނީ

.jpg&w=3840&q=75)
31 އޯގަސްޓު 2024 - 16:45
މާލޭގައި ޚުޠުބާ ވިދާޅުވާ ބޭފުޅުންގެ ލިސްޓު މުރާޖާ ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ލިސްޓު އަންނަ ހަފްތާގެ ތެރޭގައި މުރާޖާ ކުރައްވާނެކަމަށާއި ޢިލްމީ ޤާބިލް ހުނަރުވެރި ބޭފުޅުންނަށް ޚުޠުބާ ކިޔުމުގެ ފުރުސަތު ދިނުމަށް އިސްކަން ދެއްވާނެކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ އިމާމުންނާއި ޚަޠީބުންގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަވަމުންނެވެ. އެގޮތުން ޒުވާން ޚަޠީބުންގެ ޕްރޮގުރާމާއި، އިމާމުން ތާޒާ ކުރުމުގެ ޕްރޮގުރާމުގެ އިތުރުން ބޭރު ޤައުމުތަކުން އިމާމުންނަށް ތަމްރީން ދިނުމަށްވެސް ޚާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 2 ވަނަ ބުރު ނިމި ބައިވެރިންނަށް ސަނަދު ދީފައިވާއިރު، މި ޕްރޮގުރާމަކީ މުޖުތަމަޢު ބަަލައިގެންފައިވާ މުހިއްމު ޕްރޮގުރާމެއްކަމަށް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ނެރުމަށް އަމާޒުކޮށްފައިވާކަމަށާއި އެކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި 209 ދަރިވަރަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ.
އިތުރު ލިޔުންތައް

Revocation of Fishpond Construction at Islamic Centre Amid Criticism
6 މަސް ކުރިން
Minister Shaheem: Maldives Must Enter the Next Century with Strong Islamic Faith
6 މަސް ކުރިން
Saudi Arabia Donates 50 Tonnes of Dates to Maldives in Support of Ramadan
4 މަސް ކުރިން