ޔުއޭފާ ނޭޝަންސް ލީގު: ހަންގޭރީ އަތުން މޮޅުވެ ނެދަލެންޑްސް ކުއާޓަރ ފައިނަލަށް
19 ނޮވެމްބަރު 2024 - 05:02

ހޮލެންޑުގެ އަމިއްލަ ދަނޑުގައި ހަންގޭރީއާއި ބައްދަލުކުރި މެޗު 4-0 އިން މޮޅުވެ ނެދަލެންޑުން ޔުއޭފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ރޭގެ މޮޅާއެކު ނެދަލެންޑުން ވަނީ ކުޅުނު ފަސް މެޗުން އަށް ޕޮއިންޓު ހޯދައި ގްރޫޕް 3 ގެ 2 ވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
މެޗު ފެށިގެން ފުރަތަމަ ހާފުގައި ނެދަލެންޑުން ވަނީ ދެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މި ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެގްޚޯސްޓް އާއި ކޯޑީ ގެކްޕޯއެވެ. ދެ ގޯލު ޖެހުމާއެކުނެދަލެންޑުންވަނީ މެޗުގެ ކޮންޓްރޯލް ހޯދައި ދެވަނަ ހާފްގައި އިތުރު ދެ ގޯލް ޖަހާފައެވެ. މި ދެގޯލް ކާމިޔާބުކޮށްދިނީ ޑަމްފްރީސް އާއި ކޫޕްމެއިނާރސް އެވެ. ރޭގެ މޮޅާއެކު ހަންގޭރީ އާ ދެކޮޅަށް ނެދަލެންޑުން އެންމެފަހުން ކުޅުނު 4 މެޗުންވެސް ނެދަލެންޑުން ވަނީ މޮޅުވެފައެވެ.

Ad by Hajj Corporation
މި މެޗަށް ނެދަލެންޑް ނިކުތް އިރު މި ގްރޫޕް ގެ އެއްވަނަ ޓީމުގެ ގޮތުގައި ޖަރުމަނު ވަނީ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ.
ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.


