logo
Bank of Maldives

Bank of Maldives

ކުޅިވަރު

ުއޭފާ ނޭޝަންސް ލީގު: ޕޯޗުގަލް އެެއްވަރުވިއިރު ސްޕެއިން މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
19 ނޮވެމްބަރު 2024 - 05:29
އެންމެ ފަހުގެ ޗެންޕިއަން ސްޕއިން ޓީމުން ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދާފައި. ފޮޓޯ: ސްޕެއިން ޤައުމީ ޓީމު
އެންމެ ފަހުގެ ޗެންޕިއަން ސްޕއިން ޓީމުން ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދާފައި. ފޮޓޯ: ސްޕެއިން ޤައުމީ ޓީމު

ޔުއޭފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ޕޯޗުގަލުން ކުޅުނު މެޗުން އެއްވަރުވެޖެއެވެ. ކްރޮއޭޝިޔާގެ އަމިއްލަ ދަނޑުގައި ކުޅެވުނު ގްރޫޕް އެކެއްގެ ފަހު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުން އެއްވަރުވުމާއެކު ކްރޮއޭޝިއާ ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗެއްގެ ގޮތުގައި ރޭގައި ކުޅުނީ ޕޮލެންޑާއި ސްކޮޓްލޭންޑް އެވެ. މި މެޗުގެ ފަހުގަޑީގައި ރޮބާޓްސަން ޖެހި ގޯލާއެކު ސްކޮޓްލޭންޑުން ވަނީ ނޭޝަންސް ލީގުގެ ޕްލޭއޮފް އިން ޖާގާ ހޯދާފައެވެ. އަދި ޕޮލެންޑް ގެ ބައްޔާއެކު އެޓީމުން ވަނީ ރެލިގޭޝަން ޕްލޭއޮފް ކުޅެންޖެހިފައެވެ. ޕޮލެންޑްގެ ތަޖުރިބާކާރު ފޯވަޑް ލެވަންޑޮވްސްކީ އަށް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެވޭގޮތް ވަނީ ނުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުއޭފާ ނޭޝަންސް ލީގުގެ ގްރޫޕް 4 ގެ ތާވަލުގެ 1 ވަނަގައި އޮތް ސްޕެއިން ވަނީ ތާވަލުގެ ފުލުގައި އޮތް ސްވިޓްޒަރލޭންޑް އަތުން 2-3 އިން މޮޅުވެފައެވެ. މެޗު އެއްވަރުވެ 90 މިނެޓު ހަމަވެފައިވަނިކޮށް އިތުރު ވަޤުތުގައި ސްޕެއިން އަން ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް ސްޕެއިން ވަނީ މޮޅެއް ހޯދާފައެވެ. ރޭގެ މެޗުގައި ބަލިވި ސްވިޓްޒަރލޭންޑް އޮތީ މި މެޗަށް ނިކުތްއިރުވެސް ރެލިގޭޝަން ޕްލޭއޮފް ކުޅެންޖެހިފައެވެ. މި ގްރޫޕުން ދެވަނަ ހޯދައިގެން ކުއާޓަރ ފައިނަލަށް ދަތުރުކުރީ ޑެންމާކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕް ތާރީޚުގައި ކުޅުނު އެންމެ ކުޑަ އެއް ޤައުމާއި ދެކޮޅަށް ޔޫރަޕުގެ ޗެންޕިއަން އެއްވަރުވެއްޖެކުޅިވަރު | ދުވަހެއް ކުރިންރޮނާލްޑޯ ނުލައި ޕޯޗުގަލުން އެމެރިކާ ފަސޭހަކަމާއެކު ބަލިކޮށްފިކުޅިވަރު | 3 މަސް ކުރިންސަލާޙު ނެތި 10 ކުޅުންތެރިންނާދެކޮޅަށް އަމިއްލަ ޤައުމުގައި ސްޕެއިން އިޖިޕްޓް އާއި އެއްވަރުވެއްޖެކުޅިވަރު | 3 މަސް ކުރިންސްޕެއިންގެ ފުރަތަމަ 11 އިން ބާސާގެ ކުޅުންތެރިންނަށް ޖާގަ ދިނުމަށްއެދި އަނެއްކާވެސް ބާސާގެ ސަޕޯޓަރުން ޕްރެޝަރުކުރަން ފަށައިފިކުޅިވަރު | 3 މަސް ކުރިން