logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްވެސް ރަށެއް އުނިނުކޮށް މަޝްރޫއުތައް ކުރިއަށް ގެންދާނަން- ވަޒީރު

ހުސައިން ވަސީމް
19 ނޮވެމްބަރު 2024 - 06:36
އެއްވެސް ރަށެއް އުނިނުކޮށް މަޝްރޫއުތައް ކުރިއަށް ގެންދާނަން- ވަޒީރު

އެއްވެސް ރަށެއް އުނި ނުކޮށް ހުރިހާ ރަށެއްގައިވެސް ކަނޑައެޅިފައި އޮތް މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ ޕްރޮޖެކްޓް ލިސްޓެއް ބާއްވައިގެން ކުޑަ އަދަދެއް ޖަހައިގެން މަޝްރޫއުތައް ފެށުމުން ފަހުން ޖެހެނީ އެމަޝްރޫއުތައް ކުރިއަށް ނުގޮސްގެން ހުއްޓާލަން ކަމަށެވެ. ވަޒީރު ވިދާޅުވީ ގިނަފަހަރު އެފަދަ މަޝްރޫއުތައް ހުއްޓާލަން ޖެހެނީ ކުޑަކޮށް ބަޖެޓު ޖަހައިގެން ބަޖެޓު ހުސްވުމުން ނުވަތަ ކޭޝްފްލޯ ނެތުމުން ކަމަށެވެ. އެހެންވެ އެހުރިހާ ކަމަކަށް ބެލުމަށް ފަހު މިފަހަރު ވިސްނާފައި ވާނީ މަޝްރޫއުގެ ޕްރޮޕްރައިޓަރީ ފަންޑް އެލޮކޭޓްކޮށް ރައީސުލްޖުމްހޫރިއްޔާގެ ޕްރައޮރިޓީ ލިސްޓުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެލިސްޓުގައި އެއްވެސް ރަށެއް އުނިވެފައި ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް އެރަށަކަށް ކަނޑައަޅާފައި އޮތް މަޝްރޫއުތައް ފަށާނެ ކަަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިއަހަރުވެސް މަޝްރޫއުތައް ފަށަން ހުރި ރަށްރަށުގައި މަޝްރޫއުތައް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ބަޖެޓު ލިބި ހަމަޖެހެމުން ދާވަރަކަށް މަޝްރޫއުތައް އިއުލާން ކުރަމުންގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހރުގެ ދައުލަތުގެ ބަޖެޓު ބަހުސް މިއަދު މަޖިލީހުގައި ނިންމާލާނެ ކަމަށް ރިޔާސަތުން ވަނީ އިއުލާން ކުރައްވާފަ އެވެ.

ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ. އަދި ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިޔަން ރުފިޔާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 14.8 އިންސައްތަ އިތުރުޚަބަރު | 3 މަސް ކުރިންތިމާވެށީގެ ދާއިރާއިން ރާއްޖެ ކުރާ މަސައްކަތްތަކަށް ބޭރުގެ އެހީތެރިކަން ބޭނުންވޭ: ޒަމީރުޚަބަރު | 9 މަސް ކުރިންއެއްވެސް ރަށެއް އުނިނުކޮށް މަޝްރޫއުތައް ކުރިއަށް ގެންދާނަން- ވަޒީރުޚަބަރު | 10 މަސް ކުރިންބަޖެޓް ސަޕޯޓް ދިނުމުން ޒަމީރުގެ ޝުކުރު އިންޑިއާއަށްޚަބަރު | އަހަރެއް ކުރިން