logo
Bank of Maldives

Bank of Maldives

ޚަބަރު

ތިމާވެށީގެ ދާއިރާއިން ރާއްޖެ ކުރާ މަސައްކަތްތަކަށް ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ: ޒަމީރު

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޑިސެމްބަރު 2024 - 02:04
ތިމާވެށީގެ ދާއިރާއިން ރާއްޖެ ކުރާ މަސައްކަތްތަކަށް ބޭރުގެ އެހީތެރިކަން ބޭނުންވޭ: ޒަމީރު

ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ދެވަނަ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި މޫސުމީ ބަދަލުތަކަށް ވިލުންވެރި ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފައިސާގެ އެހީއާއި ޓެކްނޮލޮޖީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ފައިސާ އާއި ޓެކްނޮލޮޖީގެ ގޮތުން ބައިނަލްއަޤްވާމީ ސަޕޯޓު ވަރަށް ބޮޑަށް ބޭނުންވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުން ބޭއްވެނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ. މި ކަންކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އިތުރުވެ، ޤައުމުތަކަށް ދަރަނި ދެއްކުމުގެ ޤާބިލުކަމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވި ގޮތުގައި، އިމްޕޯޓަށާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ޖަޒީރާ ކުދި ޤައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތައް ކުޑަކުރަން ރާއްޖެއިން ވެސް ފަށާފައިވާ މަސައްކަތަށް ކުރިމަތިވެފައިވާ ހުރަސްތައްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތައް ކާމިޔާބުކުރުމަށް ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ފާހަގަކުރަށްވައި، މިނިސްޓަރ ޒަމީރު ވަނީ އެކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.

މޫސުމީ ބަދަލުތަކަށް ވިސްނައިގެން ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓުކުރަން ޖެހޭ ކަމަށާއި އެކަމަށް ބޭނުންވަނީ އީޖާދީ ވިސްނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިމާވެށީގެ ދާއިރާއިން ރާއްޖެ ކުރާ މަސައްކަތްތަކަށް ބޭރުގެ އެހީތެރިކަން ބޭނުންވޭ: ޒަމީރުޚަބަރު | 9 މަސް ކުރިންއެއްވެސް ރަށެއް އުނިނުކޮށް މަޝްރޫއުތައް ކުރިއަށް ގެންދާނަން- ވަޒީރުޚަބަރު | 10 މަސް ކުރިންބަޖެޓް ސަޕޯޓް ދިނުމުން ޒަމީރުގެ ޝުކުރު އިންޑިއާއަށްޚަބަރު | އަހަރެއް ކުރިންރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޒަމީރު ޔޫއޭއީއަށްޚަބަރު | އަހަރެއް ކުރިން