logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް ހަމަބިމަށް ތިރިކުރި ޖޮނަތަން ބޭނުންވަނީ ބާސެލޯނާއަށް ކުޅެން

އަބްދުﷲ ޣާނިމް
19 ނޮވެމްބަރު 2024 - 09:03
ލިލް ގެ ފޯވާޑް ޖޮނަތަން ޑޭވިޑް. ފޮޓޯ: ފަބްރީޒިއޯ
ލިލް ގެ ފޯވާޑް ޖޮނަތަން ޑޭވިޑް. ފޮޓޯ: ފަބްރީޒިއޯ

ޗެންޕިއަންސްލީގުގައި އެއް އަހަރުވަންދެން ބަލިނުވެ އޮތް ރެއާލް މެޑްރިޑް ކޮޅަށް މި ސީޒަންގައި ގޯލުޖަހާ އެޓީމު ފުރަތަމަ ފަހަރަށް ބަލި ކުރި ލިޔޯންގެ ގޯލްޖެހި ކުޅުންތެރިޔާ ބޭނުންވަނީ ބާސެލޯނާއަށް ކުޅެންކަމުގައި އޭނާ ބުނެފިއެވެ.

ނިޔުޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކެނެޑާގެ ކުޅުންތެރިޔާ ޖޮނަތަން ޑޭވިޑް ބުނެފައިވަނީ "ބާސެލޯނާއަކީ އަހަރެން ކުޑައިރުއްސުރެ ސަޕޯޓް ކުރަމުން އައި ޓީމް. އެހެންކަމުން އަހަރެންގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކު އެ ކުލަބަށް ކުޅުން." އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްރާންސް ގެ ލިލް އަށް ކުޅެންދާ މި ކުޅުންތެރިޔާ ވަނީ މި ސީޒަންގައި 19 މެޗުން 13 ގޯލު ޖަހާ ޔޫރަޕުގެ ބޮޑެތި ކުލަބު ތަކުގެ ރާޑަރަށް އަރާފައެވެ. ބާސެލޯނާގެ ފޯވާޑް ލެވަންޑޮވްސްކީ މި ސީޒަނުގައި ފޯމުގައި ހުއްޓަސް އޭނާ އަށް ވަނީ 36 އަހަރުވެފައެވެ. އެހެން ކަމުން ކައިރި މުސްތަޤުބަލެއްގައި އެކުލަބުން ފޯވާޑެއް ގެންނާނެކަމަށް ބެލެވެއެވެ. އެގޮތުން ބާސެލޯނާއިން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ޖޮނަތަން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އަށް ގެނައުން އެންމެ ގާތީ ސްޕޯޓިންގ ގެ ޔޯކެރޭޝް ނޫނީ ފްރެންކްފަޓް ގެ މިސްރުގެ ކުޅުންތެރިޔާ އޮމާރ މަރމޯޝް އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މިވަޤުތުގައި ޔޫރަޕުގައި އެންމެ ފޯމުގައިތިބި ދެ ކުޅުންތެރިނެވެ. އެގޮތުން ޔޯކެރޭޝް މި ސީޒަންގައި ކުޅުނު 22 މެޗުން 36 ގޯލު ޖެހުމުގައި ސީދާ ގޮތުން ބައިވެރިވެފައިވާއިރު މިސްރުގެ މަރމޯޝް 17 މެޗުން 25 ގޯލު ޖެހުމުގައި ސީދާގޮތުން ބައިވެރިވެފައިވެއެވެ.     

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް ހަމަބިމަށް ތިރިކުރި ޖޮނަތަން ބޭނުންވަނީ ބާސެލޯނާއަށް ކުޅެންކުޅިވަރު | 10 މަސް ކުރިންފަލަމަސްގަނޑަށް އަނިޔާވެ، ލަމީން އަށް ސެވިއްޔާ މެޗު ގެއްލިދާނެކުޅިވަރު | އަހަރެއް ކުރިންދުވަހެއް ދުވަހަކަށް، ރަފީންހާ ވަނީ މޮޅުކުޅިވަރު | އަހަރެއް ކުރިންގޯލު ފުންޏެއް ޖަހައި ބާސާގެ ސަޕޯޓަރުންނަށް އުފާވެރިކަންކުޅިވަރު | އަހަރެއް ކުރިން